13 ޑިސެމްބަރ 2019
ރާއްޖޭގައި އަންނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި އަންނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ އެވެ.
"ރާއްޖެ ޓީވީ"ގެ ފަލަ ސުރުހީ ޕްރޮގްރާމްގައި، ސަރުކާރުގެ މައި ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑައިރެކްޓަރު ޑރ. ޔޫސުފް ޝާން ރޭ ވިދާޅުވީ މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ގެސްޓްރޯއެންޓެރޮލޮޖީގެ ހިދުމަތް އަންނަ ހަފުތާގައި ފަށައި ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އަންނަ އަހަރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕެޝަލިސްޓް ހިދުމަތްތަކުގެ ތެރެއިން ނިއުރޯ ސާޖަރީ، އޮންކޯ ސާޖަރީ، ކާޑިއޮލޮޖީ އަދި ނެފްރޮލޮޖީ ހިދުމަތް ފަށާފައިވާ ކަމަށް ޝާން ވިދާޅުވި އެވެ. އޭގެ އިތުރުން އެންޑޯސްކޮޕީގެ ހިދުމަތް ވެސް ފުޅާވާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
"މިހާރު މި ހަދަނީ ޑައިގްނޯސްޓިކް އެންޑޮސްކޯޕީއެއް. އެކަމަކު ގޭސްޓްރޮއެންޓެރޮލޮޖީ ތައާރަފްވެގެން ތަރައްގީވެގެން ދާއިރު، ވރަށް ބައިވަރު އާ އިންސްޓްރޫމަންޓް ގެނެވި، އިންޓަވެންޝަަނަލް އެންޑޮސްކޮޕީ ކުރިއަށް ދާނެ. އެންޑޮސްކޯޕީ ކުރިއަށް ދާއިރު އެކި ފަރުވާ ދިނުމާއި ހާއްސަ ޓެސްޓުތަކެއް ވެސް ކުރެވިގެންދާނެ. ވަރަށް ބޮޑަށް ފުޅާވެގެންދާނެ،" ކަށީގެ ޚާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.
ޝާން ވިދާޅުވި ގޮތުގައި، ޔޫރޮލޮޖީގެ ހިދުމަތް އައިޖީއެމްއެޗުގައި ފެށިއިރު ކުރީ ދުވާލަކަށް އެއް ސާޖަރީ އެވެ. ނަމަވެސް މިހާރު އެކަމަށް އޮންނަ ވަގުތު ކުޑަވުމާއި އިމަޖެންސީ ސާޖަރީތައް ގިނަވެފައިވާ ކަމަށާއި އޭގެ މާނައަކީ ރައްޔިތުންގެ އިތުބާރު އެކަމަށް އޮތުން ކަމަށް ވިދާޅުވި އެވެ.
ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރު ތަރައްގީކޮށް އެކަމާ ބެހޭ ގަވާއިދުތަކެއް ހަދަންޖެހޭނެ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ޝާން ވިދާޅުވީ، ބައެއް ގައުމުތަކުގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަނީ ގަވާއިދުތަކެއް ނެތި ކަމަށާއި އެހެންވެ ކިޑްނީ ހޯދުން ފަދަ ކަންކަން ނަހަމަ ގޮތުގައި ހިނގާފައިވާ ކަމަށެވެ.
"ޑޯނާ އަކަށް ވެވޭނީ ކާކު ކަމާއި މި އެއްޗެހި ވަރަށް ރަނގަޅަށް ލިޔެވިފައި ހުންނަން ޖެހޭނީ. އޭރުން މިކަން ރަނގަޅަށް ދާނީ. އެތިކަލް އިޝޫ އަންނަ ކަމެއް މިއީ. ބައެއް ގައުމުތަކުގައި އެބަހުރި ގަވާއިދެއް ނެތި އެކަން ފަށާފައި. އެހެންވެ ނަހަމަ ގޮތުގައި ކިޑްނީ ހޯދުން ފަދަ ކަންކަން ގޮސްފައި ވަނީ. އެކަމުން ފިލާވަޅު ލިބި އެކަން ދާނީ ގަވާއިދުތަކެއް ހަދައިގެން،" ޝާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ޓްރާންސްޕްލާންޓުގެ ފަރުވާ ފެށުމުން އަތުން ހަރަދެއް ނުކޮށް، އާސަންދައިން އެކަން ކަވަރު ކޮށްދޭނެ އެވެ.
ކިޑްނީ ތޮރުފައިގެން ހިލަ ނަގާ ސާޖަރީ އައިޖީއެމްއެޗުގައި
ސުވާލާއި ޖަވާބު: ކިޑްނީ ބަލި
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
ކިޑްނީ ބަދަލުކުރަން އައިޖީއެމްއެޗް ތައްޔާރުވަނީ
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި