ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާދޭ ހޮސްޕިޓަލަކަށް އޭޑީކޭ ހޮސްޕިޓަލް ވެއްޖެ އެވެ.
21 ސެޕްޓެމްބަރ 2022
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާދޭ ހޮސްޕިޓަލަކަށް އޭޑީކޭ ހޮސްޕިޓަލް ވެއްޖެ އެވެ.
އޭޑީކޭއިން އިންތިޒާމުކޮށްގެން ކްރޮސްރޯޑްސްގައި ކުރިއަށްގެންދާ "ބްރެއިން އެންޑް ސްޕައިން" ގެ ހަތަރު ވަނަ ކޮންފަރެންސްގައި ވަނީ އޭޑީކޭއިން ފިިޒިއޮތެރަޕީ ދިނުމުގައި ރޮބޮޓެއް ބޭނުންކޮށްގެން ފަރުވާ ދޭން ފެށިކަން އިއުލާނުކޮށްފަ އެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމުގައި ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެކަން އިއުލާނުކުރީ 2019 ވަނަ އަހަރު ބޭއްވި ކޮންފަރެންސްގައި ކަމަށެވެ. އޭނާ ވިދާޅުވީ އޭރު އޭޑީކޭއިން ފެށި މަސައްކަތް މިހާރު ކާމިޔާބުވެފައިވާ ކަމަށެވެ.
"މިއަދު ތި ބޭފުޅުންނަށް ފެންނާނެ ރޮބޮޓެއްގެ އެހީގައި ފަރުވާ ހޯދާ މަންޒަރު. މިއީ ރާއްޖޭގައި ބޭނުން ކުރާނެ އެންމެ އެޑްވާންސް ރޮބޮޓިކް ރީހެބިލިޓޭޝަން ޓެކްނޮލޮޖީ. އަދި އެ ބޭނުންކޮށްގެން އާންމުންނަށް ފަރުވާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ކިއޯގޯ މަސައްކަތްކުރާ ގޮތް ދައްކާލަނީ. މި ރޮބޮޓް ބޭނުން ކޮށްގެން މީހުންނަށް ހިނގުމަސް އެހީތެރިވެދޭނެ
އޭޑީކޭއިން ތައާރަފްކޮށްފައިވާ ރޮބޮޓަކީ ހަށިގަނޑު ވާގި ނެތިފައިވާ މީހުންނަށާއި ޖިސްމާނީ ގޮތުން ހަށިގަނޑުގައި ވަރުޖެއްސުމަށް އެހީތެރިވެދޭ އުފެއްދުމެވެ. މެލޭޝިއާގެ އުފެއްދުމެއް ކަމުގައިވާ ކިއޯގޯ ރޮބޮޓްގެ އެހީގައި ހިނގުމުން މަހުރޫމުވެފައިވާ މީހުންނަށް އަލުން ހިނގަން ދަސްކޮށްދޭނެ އެވެ. އަދި ފަރުވާގެ މަރުހަލާ އަވަސްކޮށްދޭނެ އެވެ. އިށީނުމާއި، ސްކޮޓް ކުރުމަށާއި ހިނގުމަށް ކިއޯގޯގެ އެހީގައި ބަލި މީހާއަށް އިތުރަށް ބާރު އަޅާނެ އެވެ.
އަފްއާލު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ސިއްހީ ހިދުމަތްތައް އެހެން ލެވެލްއަކަށް ގެންދިއުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ނިއުރޯ ސައިންސްގެ ދާއިރާއިން ޒަމާނީ ފަރުވާތައް ރާއްޖެއަށް ތައާރަފްކުުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭއިން ބާއްވާ މި ކޮންފަރެންސަކީ ދާއިރާގެ ރިސާޗްތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.
ސިއްހީ ދާއިރާގެ ކޯސްތަކުގެ އަމަލީ ބައިތައް އޭޑީކޭގައި
ފަރުވާއަށް ފައިސާ ބޭރުނުކޮށް ރަނގަޅުކުރަން ވިސްނަންޖެހޭ
އޭޑީކޭގައި 20،000 ވަނަ ކުއްޖާ އުފަންވެއްޖެ
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭގައި ކޮށްފި
އޭޑީކޭގައި ހެދި މެކޭނިކަލް ޕާކިން ނިޒާމު ބޭނުންކުރަނީ
އައިސީޔޫގައި އޮތް ދެ މީހުންގެ ހާލު ވެސް ސީރިއަސް
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި
އޭޑީކޭ އިން ހާއްސަ މެޑިކަލް ޗެކަޕްތަކެއް ތައާރަފްކޮށްފި
އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ފަށައިފި