Roadha Mihaaru
ބޯފަޅާލުމުން ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑް އޮވޭ

ކޯރާޑިއަކުން ބޯ ފަޅައިލި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ކުށުގެ ރިކޯޑް އޮވޭ

22 ސެޕްޓެމްބަރ 2022

މީގެ މަހެއްހާ ދުވަސްކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ މަހެއްހާ ދުވަސްކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓުން ބުނެފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކާޒީ މުހައްމަދު އިސްމާއިލް، 28، އެވެ. އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރެފައވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން އަދި ވައްކަން ކުރުމުގެ ތުހުމަތަށެވެ. އަމުރުގައި ބުނެފައިވަނީ ކާޒީ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ކާޒީއާ ދެކޮޅަށް ހެކިންގެ ބަޔާން ވެސް ލިބިފައިވެ އެވެ. އޭގެ އިތުރުން، އެ މާރާމާރީ ހިނގިތަނުގެ ސީސީޓީވީ ފުޓޭޖާއި އަނިޔާ ލިބުނު މީހާ އަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯތަކާއި އަދި އިންޓެލިޖެންސް ރިޕޯޓް ފުލުހުން ކޯޓަށް ހުށަހެޅި އެވެ.

މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ޒަހަމްވީ ވެސް ބިދޭސީއެކެވެ.

އެ ރޭ ފުލުހުން ސީންއަށް ދިޔައިރު ވެސް ހަމަލާ ދޭން ބޭނުންކުރި ކޯރާޑީ އެތަނުގައި އޮތެވެ.

ކޯރާޑިން ހަމަލާ ދިން މީހާ އަކީ އެ ގެއަށް ވައްކަން ކުރަން ވަން މީހެއް ކަމަށް އެކަން އެނގޭ ބައެއް މީހުން ބުނެފައިވެ އެވެ. އަދި ޒަހަމްވީ އެ ގޭގައި ދިރިއުޅޭ މީހެއް ކަމަށެވެ.