ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ކްރިިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
22 ސެޕްޓެމްބަރ 2022
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ކްރިިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވި އަބްދުއްރަހްމާން ރަފީއު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އަށް އެއްބަސްވެފަ އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާތީ ކޯޓުން އިއްވީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރާނެ އެވެ.
އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރު ބޭނުންކޮށް، އަދަބުގެ މިންވަރުގެ ދެ ގުނަ ބޮޑުކުރުމަށްފަހު އެވެ.
އެ މައްސަލައިގައި އަލަމްގީރުގެ މައްޗަށް ވެސް ކޯޓުން ކުރިން އިއްވާފައިވަނީ ހަތް މަހުގެ ޖަލު ހުކުމެކެވެ.
އަލަމްގީރާ އެކު ގުޅުން ހިންގިކަން ސާބިތުވި ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އިއްވީ ތިން މަހުގެ ގޭ ބަންދުގެ ހުކުމެކެވެ.
އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް
އެއް ޖިންސުން ގުޅުން ހިންގިކަމަށް އެއްބަސްވެއްޖެ
ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒުކުރާކަށްނުޖެހޭ
މަންދީއަށް ހަމަލާދިން މީހާ އެހެން ކުށްތަކެއްގައިިި ޖަލަށް
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
މަންދީ އާއި މާޒްގެ ހަށިގަނޑުގެ ފޮޓޯ ނަގަން އަމުރެއް
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި