ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ހާއްސަކޮށްގެން މާދަމާ ބާއްވަން ހަމަޖެހިފައި އޮތް ފޮޓޯ މުބާރާތް އަންނަ މަހަށް ފަސްކޮށްފި އެވެ.
27 ސެޕްޓެމްބަރ 2022
ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ހާއްސަކޮށްގެން މާދަމާ ބާއްވަން ހަމަޖެހިފައި އޮތް ފޮޓޯ މުބާރާތް އަންނަ މަހަށް ފަސްކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިމެނޭ އެ ހަރަކާތަކީ ޓޫރިޒަމް މިނިސްޓްރީން، އޯޝަން ޖިއޯގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައެންސް އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ) އާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އެއް ދުވަހަށް ކުރިއަށް ދާ އެ މުބާރާތް ފަސްކޮށްފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަށެވެ. މުބާރާތް ލަސްވި ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެ މުބާރާތުގައި ޓޫރިޒަމް މިނިސްޓްރީން މި މަހު ކުރީކޮޅު އިފްތިތާހު ކުރި ވެބްސައިޓުގައި ހިމެނޭ ރާއްޖޭގެ 50 ޑައިވްސައިޓްގެ ފޮޓޯ ނެގުމަށްފަހު ހުށަހަޅާނެ އެވެ.
ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމުގެ ފޮޓޯ މުބާރާތެއް ބާއްވަނީ https://t.co/WxRcjwkxo7
— Mihaaru (@Mihaarunews) September 5, 2022
އެ މުބާރާތުގެ މަގްސަދަކީ އެ 50 ޑައިވްސައިޓްގެ ފޮޓޯ ހުށަހެޅުމުން، އެއް އަހަރުން އަނެއް އަހަރަށްް އެ ތަންތަނަށް އައިސް ހުރި ބަދަލު ދެނެގަތުމެވެ.
ހާއްސަކޮށް ރިސޯޓުތަކާއި ޑައިވް ސެންޓަރުތަކާއި ޑައިވް ސްކޫލްތައް އަދި ސަފާރީތައް އެ މުބާރާތުގައި ބައިވެރިވުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބާރުއަޅަ އެވެ.
ޓޫރިސްޓުން އާންމުންނަށް ވެސް ފޮޓޯ މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ބައިވެރިވާން 10 ޑޮލަރު ދައްކަން ޖެހޭ ނަމަވެސް، ދިވެހިންނަށް އެ މުބާރާތުގައި ހިލޭ ބައިވެރިވެވޭނެ އެވެ.
އެއް އަހަރުން އަނެއް އަހަރަށް ފަރުތަކުގެ ސިއްހަތަަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދިރާގާ ގުޅިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަލާލު ޓޫރިޒަމަށް ބަޔަކު ހޯދަން އަލުން ހުޅުވާލައިފި
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
ބަތަލާ ކުއްޔަށް ދިނުމުގައި އިދާރާތަކުގެ އިހުމާލު
ކިހާދުއްފަރު ސަރުކާރަށް ނެގުން ކޯޓުން ހުއްޓުވައިފި
ނަލަންދޫގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
ހަންކެޑެ އަށް މި ފަހަރު އިންޓަގްރޭޓެޑް ޓޫރިޒަމް