ޕާކިސްތާނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
29 ސެޕްޓެމްބަރ 2022
ޕާކިސްތާނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ގެންދާ ހަރަކާތާ ގުޅޭގޮތުން، އެ ޖަމިއްޔާގެ ނައިބު ރައީސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން އެ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެސްއެމާއި ވީޓީވީ އާއި އެމްބީއެން އަދި ޗެނަލް 13 އިން އެ ޓެލެތޯން ލައިވްކުރާނެ އެވެ. އޭގެ އިތުރުން "މިހާރު" އޮންލައިންއާއެކު އިތުރު ތިން އޮންލައިނެއް ވެސް ބައިވެރިވެ އެވެ.
ހަމްދޫން ވިދާޅުވީ ޓެލްތޯން ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ޕާކިސްތާނުގެ މިހާރުގެ ހާލަތު ކިޔައިދީ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން އެކި ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށެވެ.
މާލޭގެ ހަތް ސަރަހައްދެއްގައި ފަންޑު ފޮށިތަކެއް ބަހައްޓައި އާއްމުންނަށް ފައިސާ ހަދިޔާކުރެވޭނެ ގޮތްތައް ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީން ވެސް މިހާރު ވަނީ ފައިސާ ހޯދަން ފަށާފައި. މި ޓެލެތޯންގެ ތެރޭގައި އެ ފައިސާ ހަވާލުކުރާނެ،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޓެލެތޯން ނިމުމުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނަށް އެ ފައިސާ ހަވާލުކުރާނެ އެވެ.
ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ޕާކިސްތާނުގެ ކާ އެއްޗެހި ވިއްކުމުގެ އިތުރުން ކަލްޗަރަލް ޝޯއެއް ބާއްވައިގެން ވެސް ފައިސާ ހޯދަން ނިންމައިފަ އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،500 އެއްހާ މީހުން މިހާތަނަށް މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ޕާކިސްތާނަށް އެހީވާން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ
ޕާކިސްތާނަށް އެހީވާން ލިބުނު 3.8މިލިއަން ހަވާލުކޮށްފި
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ޕާކިސްތާނު ސަފީރަކަށް ނަޖީހާ އައްޔަންކުރަން މަޖިލީހަށް
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ޑްރަގާ އެކު އައި ޕާކިސްތާނުގެ ގްރޫޕެއް އަތުލައިގެންފި