ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ބޭއްވި ޓެލެތޯނުން ލިބުނު 3.8 މިލިއަން ރުފިޔާ ރޭ ހަވާލުކޮށްފި އެވެ.
09 އޮކްޓޯބަރ 2022
ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ބޭއްވި ޓެލެތޯނުން ލިބުނު 3.8 މިލިއަން ރުފިޔާ ރޭ ހަވާލުކޮށްފި އެވެ.
"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ޓެލެތޯން ބޭއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
އެ ދުވަހުގެ ހެނދުނު 8:00 ގައި އެ ހަރަކާތް ފަށައި ރޭގަނޑު 12:00 ހާއިރު ޓެލެތޯން ނިންމާލިއިރު، ޕާކިސްތާނަށް އެހީވާން ހުޅުވާފައިވާ އެކައުންޓަށް އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. މާލޭގެ އެކި ސަރަހައްދުތަކާއި ބައެއް ރަށްރަށުގައި ވަނީ ފަންޑަށް އެހީވާން ފޮށިތައް ބަހައްޓައިފަ އެވެ.
ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނައިބު ރައީސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ ފަންޑު ފޮށިތަކާއި ދިރާގު ޕޭ އަދި އުރީދޫ އެމްފައިސާގެ އިތުރުން އެކި އިދާރާތަކުން ހަދިޔާކުރި ފައިސާއާއެކު، އެ ހަރަކާތުން 3.8 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.
ޓެލެތޯން ކުރިއަށްގެންދަން އެހީތެރިކަން ދިން ފަރާތަކަށް، ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ރޭ ސެޓްފިކެޓް ހަވާލުކުރަނީ.-
ޓެލެތޯނުން ލިބުނު ހުރިހާ ފައިސާއެއް ވަނީ، ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަތަރު މުހުތަރު އަށް، ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހަފުލާއެއްގައި ރޭ ހަވާލުކޮށްފަ އެވެ.
އެ ހަރަކާތަށް އެހީތެރިވި ފަރާތްތަކަށް ވެސް ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ސެޓްފިކެޓް ހަވާލުކުރި އެވެ. އޭގެ ތެރޭގައި ވޮލެންޓިއަރު ހަ ފަރާތަކާއި ނުވަ މީޑިއާއެއް ހިމެނެ އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،700 އެއްހާ މީހުން މިހާތަނަށް މަރުވެ، 33 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ޕާކިސްތާނަށް އެހީވާން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ
ޕާކިސްތާނަށް އެހީވުމަށް ބޮޑު ޓެލެތޯނެއް ބާއްވަނީ
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ޕާކިސްތާނު ސަފީރަކަށް ނަޖީހާ އައްޔަންކުރަން މަޖިލީހަށް
ޑްރަގާ އެކު އައި ޕާކިސްތާނުގެ ގްރޫޕެއް އަތުލައިގެންފި
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ