Roadha Mihaaru
ޖަލުގެ ޑިއުޓީގައި ހުރި ޒުވާނަކު ނިޔާވެއްޖެ

ޖަލުގެ ޑިއުޓީގައި ހުރި ޒުވާނަކު ނިޔާވެއްޖެ

30 ސެޕްޓެމްބަރ 2022

ކ. މާފުށީ ޖަލުގައި ރޭ ޑިއުޓީ އަށް ހުރި ޒުވާނަކު ނިޔާވެއްޖެ އެވެ.

ކ. މާފުށީ ޖަލުގައި ރޭ ޑިއުޓީ އަށް ހުރި ޒުވާނަކު ނިޔާވެއްޖެ އެވެ.

މާފުށީ ފުންގިރި، އާދަމް ނައުޝާދު، 32 މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅުނީ ފެބްރުއަރީ 3، 2014 ގަ އެވެ.

ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި ހުރި ނައުޝާދު ވަނީ އޭގެ ފަހުން މާފުށީ ޖަލުގެ އެކި ޔުނިޓްތަކުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

"8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސް އަށް ލިބުނު ފުން ހިތާމައެއް. ދުއާއަކީ މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން. އަދި، އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރެއްވުން،" އެ އިދާރާ އިން ކުރި ޓުވީޓެއްގައި ވެ އެވެ.

ނައުޝާދުގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު މާފުށީ، ކަތީބު ހުސައިން މަނިކު މިސްކިތުގަ އެވެ.