Roadha Mihaaru
ޝަރީއަތް ނިމެންދެން ޖަލަށް ލި މީހަކު މަރުވެއްޖެ

ޝަރީއަތް ނިމެންދެން ޖަލަށް ލި މީހަކު މަރުވެއްޖެ

08 ނޮވެމްބަރ 2016

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތެއް ނިމެންދެން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި މީހަކު އައިޖީއެމްޗްގައި ފަރުވާދެމުން ދަނިިކޮށް ރޭ ފަތިހު މަރުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތެއް ނިމެންދެން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި މީހަކު އައިޖީއެމްޗްގައި ފަރުވާދެމުން ދަނިިކޮށް ރޭ ފަތިހު މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަރުވީ ހުސައިން ޒަރީރު، ދ. ވާނީ، 28 އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ހުއްޓާ ޒަރީރު އައިޖީއެމްއެޗަށް ގެންދިޔައީ އިއްޔެ ހެނދުނު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ޒަރީރަށް ފަރުވާ ދިނުމަށް މާލެ ގެނައީ ވަރަށް ބޮޑަށް ވަރު ދެރަވެގެންނެވެ. އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަން ވެސް އެނގިފައިވެ އެވެ.

ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒަރީރު ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ޖެނުއަރީ 28ގަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ކުރަމުން ދަނީ ސީދާ ކޮން ކުށެއްގެ ޝަރީއަތެއް ކަމެއް ނޭނގެ އެވެ.