Roadha Mihaaru
އެސްޓީއޯގައި ދުނިޔޭގެ ކޮފީ ދުވަސް ފާހަގަކުރަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ދުނިޔޭގެ ކޮފީ ދުވަސް ފާހަގަކުރަނީ

01 އޮކްޓޯބަރ 2022

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަ ކުރުމުގެ ހާއްސަ ހަރަކާތްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަ ކުރުމުގެ ހާއްސަ ހަރަކާތްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މިއަދު ހަވީރު 4އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ޕީޕަލްސް ޗޮއިސްގައި ކޮފީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ ސިޓީ އިންވެސްޓްމެންޓްސް އާއި ލިލީ އަދި އަނާ އިންވެސްޓުމެންޓާ ގުޅިގެން ކުރިއަށްދާ ހަރަކާތްތަކެއް ކަމަށް ބުންޏެވެ.

އެ އިވެންޓުގައި ޓޭސްޓު ޓެސްޓިން ވެސް ކުރިއށް ދޭ. ފޮޓޯ: އެސްޓީއޯ

އެ އިވެންޓުގައި ޓޭސްޓު ޓެސްޓިން ވެސް ކުރިއށް ދޭ. ފޮޓޯ: އެސްޓީއޯ

އެ ހަރަކާތަށް ޒިޔާރަތް ކުރާ ކަސްޓަމަރުންނަށް ހިލޭ ކޮފީ ލިބޭނެ އެވެ.

އަދި އެސްޓީއޯގެ ޕާސްތަނޫސާގެ ޕްރޮޑަކްޓުތަކުގެ ރަހަ ބެލުމާއި ހަރަކާތުގައި ބައިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ތަނުގައި އެކި ގޭމުތަކުގައި ބައިވެރިވެ، ގޭމު ކުޅެގެން ގިފްޓު ހެމްޕަރެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެކި ގޭމުތަކުގައި ބައިވެރިވެގެން ގިފްޓު ހެމްޕަރު ވެސް ލިބޭނެ. ފޮޓޯ: އެސްޓީއޯ

އެކި ގޭމުތަކުގައި ބައިވެރިވެގެން ގިފްޓު ހެމްޕަރު ވެސް ލިބޭނެ. ފޮޓޯ: އެސްޓީއޯ

ދުނިޔޭގެ ކޮފީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން މިއަދު އެސްޓީއޯއިން ވިއްކާ ރަސްލް ހަބް ކޮފީ މޭކަރުން ޑިސްކައުންޓު ވެސް ލިބޭނެ އެވެ.

އެސްޓީއޯއިން މާކެޓަށް ނެރެފައި ވަނީ ސުޕާ ބްރޭންޑުގެ ކޮފީ އެވެ. އެ ކޮފީގެ ހުރިހާ ފްލޭވާއެއް ވެސް އެސްޓީއޯއިން ލިބޭނެ އެވެ.