02 އޮކްޓޯބަރ 2022
ޓީޖެޓީ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާ މިހާރު މައްސަލައެއް ނެތްކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
ޓީޖެޓީ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާ މިހާރު މައްސަލައެއް ނެތްކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސިޓީ ކައުންސިލާއެކު ވަރަށް ގިނަ މަޝްވަރާތައްކޮށް ދެ ފަރާތުން ރަނގަޅު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އެއްބަސްވެފައިވަނީ އެ ސަރަހައްދުގެ ކޮންމެ އަކަފޫޓަކަށް އަދަދެއް ކަނޑައެޅުމަށް ފަހު ސިޓީ ކައުންސިލަށް އާމްދަނީއެއްގެ ގޮތުގައި އެމްޕީއެލް އިން ފީއެއް ދައްކާ ގޮތަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ ނޯތު ހާބަރާއި ޓީޖެޓީގެ ރަޖިސްޓްރީ އޮންނަނީ މާލޭ ސިޓީ ކައުންސިލްގައި ކަމަށެވެ. ނަމަވެސް ކުރިން އެ ތަން އޮންނަނީ ހައުސިން މިނިސްޓްރީގެ ދަށުން އެމްޕީއެލްއަށް ހިންގަން ހަވާލުކޮށްފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްބަސްވެވުނީ އަކަފޫޓަކަށް ޖެހޭ އަދަދެއް ސިޓީ ކައުންސިލަށް އާމްދަނީއެއްގެ ގޮތުގައި ދޭ ގޮތަށް އެމްޕީއެލުން. ޑީޓެއިލްސް ވޯކް އައުޓްކޮށްފައި ކޮންޓްރެކްޓް މަރުހަލާގައި މި އުޅެނީ މިހާރު،" ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ މެއި މަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޕީއެލްއަކީ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވިޔަސް މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް، މާލޭ ސިޓީ ކައުންސިލަށް ދޭން ކައުންސިލުން ހުށަހެޅި އަގުތަކާ މެދު އެ ކުންފުނިން އެއްބަސްނުވި ކަމަށެވެ. މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެ ކުންފުނިން އަކަފޫޓަކަށް ހުށަހަޅަނީ 20-30 ލާރި ފަދަ ކުޑަކުޑަ އަގެކެވެ. ނަމަވެސް އެ އަގުތަކަށް އެމްޕީއެލް އިން އެއްބަސްނުވި ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން ސުވާލުކުރުމުން ޝާހިދު ވިދާޅުވީ މިހާރު ސިޓީ ކައުންސިލުން ވަނީ ދެ ފަރާތަށް ވެސް އެއްބަސްވެވޭ ރަނގަޅު އަގެއް ހުށަހަޅައިފައި ކަމަށެވެ. ނަމަވެސް، ވަކި އަގެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މިހާރު ހަމަ ރަނގަޅު، އަޅުގަނޑުމެން ދެ ފަރާތަށް ވެސް އެއްބަސްވެވޭ ރީޒަނަބަލް އަގަކަށް އެ ބޭފުޅުން ވެސް ވަނީ އެއްބަސްވެފައި. މަހު ކުއްޔަކަށް،" ޝާހިދު ވިދާޅުވި އެވެ.
ޓީޖެޓީ ހިންގަމުން އަންނަ ސަރަހައްދު އެމްޕީއެލުން ހިލޭ ބޭނުންކުރާތީ އެ ތަން ހުސްކުރަން އެމްޕީއެލް އަށް 90 ދުވަހުގެ މުއްދަތެއް ވެސް މީގެ އަހަރެއްހާ ދުވަސްކުރިން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން އިތުރު ހަފްތާއެއް ދިނުމުން ވެސް އެތަން ހުސްކުރަން އެ ކުންފުނިން ދެކޮޅު ހެދުމުން ކައުންސިލުން އެތަނާ ހަވާލުވާން އެ ސަރަހައްދަށް ވެސް ދިޔަ އެވެ.
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
ޓީޖެޓީގެ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ހިނގައްޖެ
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި
ޓީޖެޓީގެ އާ އަގުތައް ނެގުން މަޑުޖައްސާލައިފި
ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގު ބަންދު
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ފެރީތަކުން އަނެއްކާ ވެސް 10ރ. ނަގަން ފަށަނީ