އައްޑޫ ހިތަދޫން ގެއްލިގެން ހޯދި މީހާ ރޭ ފެނިއްޖެ އެވެ.
03 އޮކްޓޯބަރ 2022
އައްޑޫ ހިތަދޫން ގެއްލިގެން ހޯދި މީހާ ރޭ ފެނިއްޖެ އެވެ.
އެ ރަށު އުބައިދުالله ހަސަން، 28 ގެއްލިގެން އުޅޭ ކަމަށް ފުލުހުން ބުނީ ރޭ 11:30 ހާއިރު އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ރޭ ދަންވަރު 12:50 ގައި ފުލުހުން ބުނިގޮތުގައި އޭނާއާ ވަނީ ފަހުން ގުޅިފަ އެވެ. އޭނާ ހުރީ މަސްދޯންޏެއްގައި ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޭނާ ގެއްލިގެން ރިޕޯޓްކުރި ކަމަށް ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ހުޅުމާލޭގެ ދެވަަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން، 27ގެ ހަށިގަނޑު ރޭ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ ޖަންގަލީގައި އޮއްވައި ވަނީ ފެނިފަ އެވެ. ފެނުނުއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
މާލެއަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ