ކުރިއަށް އޮތް ހަތަރު މަހަށް ވާވަރަށް ކައްކާ ގޭހުގެ ސްޓޮކް އެބަހުރި ކަމަށް ވިލާ ހަކަތައިން ބުނެފި އެވެ.
17 އެޕްރީލް 2020
ކުރިއަށް އޮތް ހަތަރު މަހަށް ވާވަރަށް ކައްކާ ގޭހުގެ ސްޓޮކް އެބަހުރި ކަމަށް ވިލާ ހަކަތައިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް އެ ކުންފުނިން ދެމުން އަންނަ ގޭހުގެ ހިދުމަތް ކަސްޓަމަރުންނަށް މެދުނުކެނޑި ލިބޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް އެ ކުންފުނީގެ ސްޓޯރެޖުގައި ހަތަރު މަހަށް ވާވަރަށް ގޭސް ރައްކާ ކޮށްފައި ހުރި ކަމަށް ވިލާއިން ބުންޏެވެ. ވިލާ ހަކަތައަކީ ރާއްޖޭގެ އެންމެ ބޮޑު ގޭސް ސްޓޯރެޖް ހުންނަ ކުންފުންޏެވެ.
އެ ކުންފުނިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 8:30 އަށް އެ ކުންފުނީގެ ހޮޓްލައިން 3336633 އަށް ގުޅައިގެން ގޭހަށް އޯޑަރު ކުރެވޭނެ އެވެ. ނަމަވެސް އޯޑަރުތައް ގިނަ ވުމުގެ ސަބަބުން ގުޅުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިލާ ހަކަތައިން ބުނެ އެވެ.
DEAR VALUED CUSTOMERS!
— Villa Hakatha (@HakathaOfficial) April 17, 2020
There may be difficulties in placing gas orders due to high traffic of orders.
Please note that our delivery team will deliver the cylinders up to the front door of the premises. We request our customers to bring the empty cylinders to the door step.
1/2
ވިލާ ހަކަތައިގެ ޓްވީޓެއް--
އެ ކުންފުނިން ވަނީ މި ދަނޑިވަޅު ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
ވިލާ ހަކަތައިން މީގެ ކުރިން ޑެލިވަރީގެ ހިދުމަތުގެ އިތުރުން ގޭސް ފުޅި ގުޅައިދިނުމުގެ ހިދުމަތް ވެސް ދިނެވެ. ނަމަވެސް މި ހާލަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށް ހުރިހާ ކަސްޓަމަރުން ވެސް ހުސް ފުޅި ގޭގެ ދޮރު މައްޗާ ހަމައަށް ގެނެސްދިނުމަށް އެ ކުންފުނިން އެދެ އެވެ.
މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން ލޮކްޑައުންގެ މުއްދަތު މިއަދު ވަނީ 14 ދުވަހަށް އިތުރު ކޮށްފަ އެވެ. މި ދުވަސްތަކުގައި ގެއިން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އެހެންކަމުން ޑެލިވަރީގެ ހިދުމަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ވިލާ ގޭސް އެޕުން ގޭސް އޯޑަރުކޮށްލަން މާ ފަސޭހަ
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާގެ އެވޯޑު ވިލާއަށް
ވިލާ ގޭހުގެ ހަތަރު ފުޅިން ވިޔަފާރިވެރިއަކަށް!
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި
"ޕްލެއިން ސޮލެއިލް"ގެ އުފެއްދުންތައް ވިލާ މާޓަށް
ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ޓިނު މިހާރު ލިބޭނެ
އިމާދުއްދީން ދަރިވަރުންގެ ހިސާބު ފިލާވަޅު ވިލާ މާޓުގައި
ވިލާ މާޓުގެ ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި