Roadha Mihaaru
ފެނުނީ އުކުޅަހަށް ދިޔަ ލޯންޗެއް، އެކަކު ގެއްލިއްޖެ

ކަނޑުމަތިން ފެނުނީ އިއްޔެ މާލޭން އުކުޅަހަށް ދިޔަ ލޯންޗެއް، އެކަކު ގެއްލިގެން ހޯދަނީ

07 އޮކްޓޯބަރ 2022

ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ އިއްޔެ މާލޭން އުކުޅަހަށް ފުރި ލޯންޗެއް ކަމަށާއި އެއިން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެނިފައި ވާއިރު އެކަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ އިއްޔެ މާލޭން އުކުޅަހަށް ފުރި ލޯންޗެއް ކަމަށާއި އެއިން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެނިފައި ވާއިރު އެކަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެތަނުން އެކަކު ފެނުނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ކަމަށާއި އެ މީހާ އަށް މިހާރު އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ކަނޑުމަތިން ފެނިގެން އޭގެ ވެރިޔަކު ހޯދަން އެމްއެންޑީއެފުން އިއުލާނުކުރި ފަހުން ފުލުހުން ކުރި ޓްވީޓްތަކެއްގައި ބުނީ އެއީ އިއްޔެ މެންދުރު ފަހު 1:00 ހާއިރު މާލޭ ކުނިކޮއްޓާ ދިމާލުން ފުރި ލޯންޗެއް ކަމަށާއި އޭގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރިޕޯޓްކުރީ ކޮން އިރަކު ކަމެއް ނުބުނެ އެވެ.

ފުލުހުން ބުނީ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް އެނގިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިހާރު ހޯދަމުން އަންނަ މީހާ ބަޔަކަށް ފެނިއްޖެ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 119 ނުވަތަ 3322111 އަށް ފޯނުން ގުޅައި އެ މައުލޫމާތު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗް މިހާރު އޮތީ މާޅޮހު ބަނދަރަށް ވައްދައިފަ އެވެ.