ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެހެން ބައެއް ހޮސްޕިޓަލްތަކުގައި ވެސް ގިނަ ވާނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެހީގައި ތަމްރީނުވި ޑޮކްޓަރުން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ރޭ ވިދާޅުވެއްޖެ އެވެ.
09 އޮކްޓޯބަރ 2022
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެހެން ބައެއް ހޮސްޕިޓަލްތަކުގައި ވެސް ގިނަ ވާނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެހީގައި ތަމްރީނުވި ޑޮކްޓަރުން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ރޭ ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވަ ހޮސްޕިޓާލިޓީ" ގެ އެންމެ ފަހުގެ ޕްރޮގުރާމްގެ ބައިވެރިންނަށް އިންޓާންޝިޕް ދީ، ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޔުނިވާސަލް އުފެދުނީއްސުރެ ފެށިގެން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދިނީ މެޑިކަލް މީހުން ތަމްރީނު ކުރުމަށް ކަމަށެވެ.
"އައިޖީއެމް ހޮސްޕިޓަލްގައި ވެސް އެހެން ހޮސްޕިޓަލްތަކުގައި ވެސް ތިއްބަވާ ވަރަށް ގިނަ ޑޮކްޓަރުންނަކީ އަޅުގަނޑުމެން އެހީވެފައި ތިބި ޑޮކްޓަރުން. އެކި ރަށްރަށުގައި، މެލޭޝިއާ، ސްރީ ލަންކާ މިހެން ގޮސް އިންޑިއާ. ދެން އެ ވާހަކަ ދައްކާނެ ކަމެއް ނެތް. ބައެއް ކުދިން ދިޔަ ޔޫކޭ އަށް ވެސް ޔޫއެސް އަށް ވެސް،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ވިދާޅުވި އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވަ ހޮސްޕިޓާލިޓީ" ގެ އެންމެ ފަހުގެ ޕްރޮގްމާގެ އިންޓާންޝިލް ހަވާލުކުރުމަށް ރޭ ބޭއްވި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ޔުނިވާސަލްގެ ޗެއާމަން އެމްޔޫ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވިގޮތުގައި އައިޖީއެމްއެޗުގައި މީގެ 44 އަހަރު ކުރިން އުފެއްދި ޔުނިވާސަލުގެ އެހީގައި ތަމްރީނުކުރި ސްޕެޝަލިސްޓް ޑޮކްޓަރުން ވަރަށް ގިނަ ވާނެ އެވެ.
"... އެ ނޫން އެހެން ފީލްޑްތަކުން ވެސް އަޅުގަނޑުމެން މި ދަނީ [ރާއްޖެ އިން ބޭރަށް] ކުދިން ފޮނުވަމުން،" އެމްޔޫ މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެންމެ ކުރިން ޑޮކްޓަރުން ތަމްރީނުކުރީ ސީދާ ޔުނިވާސަލް އެންޓަޕްރިސަސް އިން ކަމަށް ވިޔަސް ޔުނިވާސަލް ފައުންޑޭޝަން އުފެދުމާއެކު ކިޔަވަން ފޮނުވަނީ ސްޓްރީމްލައިން ކޮށްގެން ކަމަށެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން އިހަށް ދުވަހު ބޭއްވި "ޑިސްކަވަ ހޮސްޕިޓާލިޓީ" ޕްރޮގްރާމަކީ އޭގެ ބިންގާ ކަމަށް އެމްޔޫ މަނިކު ވިދާޅުވި އެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ވެސް އެހެން ހޮސްޕިޓަލްތަކުގައި ވެސް ތިއްބަވާ ވަރަށް ގިނަ ޑޮކްޓަރުންނަކީ އަޅުގަނޑުމެން އެހީވެފައި ތިބި ޑޮކްޓަރުން."--- އެމްޔޫ މަނިކު
އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށާއި މަގުސަދަކީ ހޮސްޕިޓަލިޓީގެ ދާއިރާ އަށް ދިވެހިން ވެއްދުން ކަމަށް އޭނާ ވިދާޅުވ އެވެ.
"މި ކޯސް ނިމޭއިރަށް ކުދިންނަށް ލިބޭނެ ކޮންމެވެސް ވަރެއްގެ އެކްސްޕޯޝާއެއް އަޅުގަނޑަށް ހީވަނީ ޓޫރިޒަމާ ބެހޭ ގޮތުން. އެ މީހެއްގެ އަތްމަތީގައި އޮތީ ދެން ކުރިއަށް ދިއުން،"
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމު ފެށީ 2017 ވަނަ އަހަރު އެވެ. ހޮސްޕިޓާލިޓީ ދާއިރާގެ ސެޓްފިކެޓު 3ގެ އެ ޕްރޮގްރާމް ފެށީ 15 ބައިވެރިންނާ އެކު އެވެ. ނަމަވެސް 2018 އެ އެ ޕްރޮގްރާމުގައި 23 އަދި 2019 ގައި 28 ދަރިވަރުން ބައިވެރިވި އެވެ.
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟
ނެފްރޮލޮޖިސްޓް ޑރ. ޝިހާމްގެ ތަޖުރިބާ
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ