Roadha Mihaaru
މެސީ އަނިޔާގައި، ބެންފީކާ މެޗުގައި ނުކުޅެވޭނެ

މެސީ އަނިޔާގައި، ބެންފީކާ މެޗުގައި ނުކުޅެވޭނެ

11 އޮކްޓޯބަރ 2022

ޕެރިސް (އޮކްޓޯބަރު 11) - ޗެމްޕިއަންސް ލީގުގައި މިރޭ ބެންފީކާ އާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބްގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނެފި އެވެ.

ޕެރިސް (އޮކްޓޯބަރު 11) - ޗެމްޕިއަންސް ލީގުގައި މިރޭ ބެންފީކާ އާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބްގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނެފި އެވެ.

މެސީގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވުމުން މި ހަފުތާގައި ފްރެންޗު ލީގުގައި ކުޅުނު މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ.

މިރޭ ގެ މެޗާ ގުޅިގެން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ގަލްޓީއޭ ބުނީ، ޓީމުގައި ނުހިމެނުމަށް މެސީ، އޭނާގެ ކިބައިން އެދިފައިވާ ކަމަށެވެ. އެކަމަކު މި ހަފުތާ ބަންދުގައި އޮލިމްޕިކް މާސޭ އާ ދެކޮޅަށް ކުޅޭ މެޗަށް މެސީ ފިޓް ވާނެ ކަމުގެ އުންމިދު އެބައޮތް ކަމަށް ގަލްޓީއޭ ބުންޏެވެ.

"އެންމެންނަށް ވެސް އެނގޭނެ ލިއޯ އަކީ އަހަރެމެން ކުޅޭ ގޭމްގައި ކިހާ މުހިންމު ކުޅުންތެރިޔެއްކަން. އޭޏާގެ ރަނގަޅު ފޯމާއި އެހެން ކުޅުންތެރިންނާ އޮންނަ ގުޅުން އެއީ މި ޓީމަށް ވަރަށް މުހިންމު ކަމެއް،" ގަލްޓިއޭ ބުންޏެވެ.

"އޭނާ ނެތުމުން އުފާ ކުރެވޭކަށް ނެތް. އެކަމަކު އަހަރެމެން ޖެހޭނެ އެހެން ކުޅުންތެރިން ގުޅިގެން ބެންފީކާގެ ގޯލަށް ނުރައްކާ ކުރަން."

އޭނާ ބުނުމުން މެސީ ނެތުމުން، އެ މަގާމު ފޫބެއްދުމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެމެން ޖެހޭނެ ދެ އަރިމަތިން ހަމަލާ އުފައްދަން. ލިއޯ ހުރެއްޖެނަމަ އަހަރެމެން ވަރަށް ގިނައިން މެދުތެރެ ބޭނުން ކުރަން. އެކަން އެހެން ގޮތަކަށް ބަދަލުކޮށްގެން ކުޅެން ޖެހޭނީ."