Roadha Mihaaru
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު

މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު

15 ފެބުރުއަރީ 2023

ޕެރިސް (ފެބްރުއަރީ 15) - ލިއޮނެލް މެސީ އާއި ނޭމާ އަށް ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިޔުނިކާ ދެކޮޅަށް ވަރުގަދަކަމެއް ނުދެއްކި 1-0 ން ބަލިވެއްޖެ އެވެ.

ޕެރިސް (ފެބްރުއަރީ 15) - ލިއޮނެލް މެސީ އާއި ނޭމާ އަށް ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިޔުނިކާ ދެކޮޅަށް ވަރުގަދަކަމެއް ނުދެއްކި 1-0 ން ބަލިވެއްޖެ އެވެ.

އަނިޔާއިން ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އައި ކިލިޔަން އެމްބާޕޭ، މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެ އެވެ. މެސީ އާއި ނޭމާ އަށް ވެސް އެމްބާޕޭ ނެތި ޖާދޫ ހެދޭ ގޮތެއް ނުވި އެވެ. ޕީއެސްޖީން ކުޅުނީ ދަށް ގޭމެކެވެ. މެޗުގެ 57 ވަނަ މިނެޓްގައި އެމްބާޕޭ މެޗަށް ނުކުތުމާ ހަމައަށެވެ.

ޕީއެސްޖީ އަށް ކިރިޔާ ވެސް ކުޅެވޭ ގޮތް ވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެމްބާޕޭ ކުޅެން ނުކުތް ފަހުންނެވެ. އެކަމަކު އޭނާ ކުޅެން ނުކުތީ ބަޔާނުން ލީޑް ނެގި ފަހުންނެވެ.

ރޭ ގެ މެޗު ބައްލަވާލައްވަން ޕީއެސްޖީގެ ދަނޑަށް ވަޑައިގެންނެވި ގަތަރުގެ އަމީރު --- ފޮޓޯ: އޭއެފްޕީ

ރޭ ގެ މެޗު ބައްލަވާލައްވަން ޕީއެސްޖީގެ ދަނޑަށް ވަޑައިގެންނެވި ގަތަރުގެ އަމީރު --- ފޮޓޯ: އޭއެފްޕީ

މެޗުގެ 53 ވަނަ މިނެޓްގައި ބަޔާން މިޔުނިކަށް ލަނޑު ޖަހައި ދިނީ ޕީއެސްޖީން ސީނިއާ ކެރިއާ ފެށި ކިންގްސްލީ ކޯމަން އެވެ. ލަނޑު ޖެހުމަށް ފަހު އޭނާ އުފާފާޅު ނުކުރެ އެވެ.

މުޅި މެޗުގައި ވެސް ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި ދެ ޓީމު ވަނީ 2020 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މެޗު ބަޔާން ކާމިޔާބު ކުރި އެވެ.

ގަތަރުގެ އޮނާޝިޕް އޮންނަ ޕީއެސްޖީގެ މެޗު ބައްލަވާލެއްވުމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވެސް ޕެރިހުގެ ސްޓޭޑިއަމަށް ވަޑައިގެންނެވި އެވެ. ސީޒަންގެ އެންމެ މުހިންމު މެޗުގައި ޕީއެސްޖީން އޭނާ މާޔޫސްކޮށްލި އެވެ. ގަތަރު ސަރުކާރުގެ އިންވެސްޓްމެންޓް ފައިދާ އެ މެޗުގައި ނުފެނުނެވެ. މުހިންމު މެޗަށް ޕީއެސްޖީން މިޑްފީލްޑަރަކަށް ނެރުނީ އުމުރުން 16 އަހަރުގެ ޒަޔާ އެމެރީ އެވެ. އެމްބާޕޭ ކުޅެން ނުކުތުމާ ހަމައަށް ޕީއެސްޖީން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޒަޔާ އެވެ.