Roadha Mihaaru
އެންމެ ޝަރަފުވެރި އެވޯޑް މިލްކުކުރުމުގެ ފުރުސަތު!

"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް މިލްކު ކުރުމުގެ ފުރުސަތު ރާއްޖެ އަށް

13 އޮކްޓޯބަރ 2022

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ އަނެއްކާ ވެސް ނޮމިނޭޓްވެ، އެ އެވޯޑް މިލްކު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ އަނެއްކާ ވެސް ނޮމިނޭޓްވެ، އެ އެވޯޑް މިލްކު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދީ ރާއްޖެ އެވެ. އެހެންވެ، މި އަހަރުގެ އެވޯޑް ކާމިޔާބުކޮށްފި ނަމަ، އެ އެވޯޑް ރާއްޖެ އަށް މިލްކުވާނެ އެވެ. މި އަހަރުގެ އެވޯޑް ހާސިލްކޮށްފި ނަމަ، އެއީ ރާއްޖެ އަށް ޖެހިޖެހިގެން ތިން އަހަރު އެފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ޑަބްލިއުޓީއޭގެ އެވޯޑް ކެޓަގަރީގެ ޝަރަފުވެރި ގިނަ އެވޯޑުތަކަކަށް ރާއްޖެ ވަނީ ނޮމިނޭޓުވެފަ އެވެ. އެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ވޯޓުލުން އޮންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޑަބްލިއުޓީއޭގެ އެވޯޑުތަކަކީ ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި ވެސް އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކެވެ.

Vote for Maldives as World's Leading Destination 2022

Vote for Maldives as World's Leading Destination 2022

Maldives is nominated for World's Leading Destination 2022 in the 29th annual World Travel Awards.

World Travel Awards

"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ހޮވުމަށް، މި ލިންކު މެދުވެރިކޮށް ވޯޓު ލެވޭނެ

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރުސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރަށް ވާއިރު، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު މި އަހަރު މިލްކު ވުމަކީ އުންމީދެއް ކަމަށެވެ.

"ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކާ އެކު ވެސް، ވޭތުވެދިޔަ ދެ އަހަރު ރާއްޖެ އިން މި ލަގަބު ކާމިޔާބުކޮށްފައި ވަނީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި ހިދުމަތްތެރިކަމުގެ ސަބަބުންކަން ޔަގީން،" އެ ބަޔާނުގައި ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި، ޓޫރިޒަމްގެ ރަންޔޫބީލް އަހަރު ތިންވަނަ ފަރަހަށް އެ އެވޯޑު ހާސިލްކުރުމަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަވާނެ ފަދަ ކާމިޔާބީއެކެވެ. ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ވެސް ރާއްޖެ މަޝްހޫރުވާނެ ކަމަށް ބުންޏެވެ.

ޑަބްލިއުޓީއޯގެ ދުނިޔޭގެ ކެޓަގަރީގައި ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް މި ފަހަރު ރާއްޖެ ނޮމިނޭޓު ވި އެވެ. އެއީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން، އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑްތަކެވެ.

އެމްއެމްޕީއާރުސީ ވެސް ވަނީ "ވޯލްޑް ލީޑިން ޓޫރިސްޓު ބޯޑު" ގެ މަގާމަށް ނޮމިނޭޓު ވެފަ އެވެ. އެ ހުރިހާ އެވޯޑަކަށް، ޑަބްލިއުޓީއޯ ގެ ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެ އެވެ.

Vote for Maldives as World's Leading Island Destination 2022

Vote for Maldives as World's Leading Island Destination 2022

Maldives is nominated for World's Leading Island Destination 2022 in the 29th annual World Travel Awards.

World Travel Awards

"ވޯލްޑްސް ލީޑިން އައިލޭންޑް ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ހޮވުމަށް، މި ލިންކު މެދުވެރިކޮށް ވޯޓު ލެވޭނެ

Vote for Maldives as World's Most Romantic Destination 2022

Vote for Maldives as World's Most Romantic Destination 2022

Maldives is nominated for World's Most Romantic Destination 2022 in the 29th annual World Travel Awards.

World Travel Awards

"ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ހޮވުމަށް، މި ލިންކު މެދުވެރިކޮށް ވޯޓު ލެވޭނެ

Vote for Maldives Marketing & Public Relations Corporation as World's Leading Tourist Board 2022

Vote for Maldives Marketing & Public Relations Corporation as World's Leading Tourist Board 2022

Maldives Marketing & Public Relations Corporation is nominated for World's Leading Tourist Board 2022 in the 29th annual World Travel Awards.

World Travel Awards

"ވޯލްޑް ލީޑިން ޓޫރިސްޓު ބޯޑު" މަގާމަށް އެމްއެމްޕީއާރުސީ ހޮވުމަށް، މި ލިންކު މެދުވެރިކޮށް ވޯޓު ލެވޭނެ