Roadha Mihaaru
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް

"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް ފަށައިފި

16 އޮކްޓޯބަރ 2022

އެސްޓީއޯއިން ވިއްކާ މަކީޓާ ބްރޭންޑުގެ އައިޓަމްތަކަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައި، އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯއިން ވިއްކާ މަކީޓާ ބްރޭންޑުގެ އައިޓަމްތަކަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައި، އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުހައްމަދު އިހުސާން ވަހީދު ފައްޓަވައިދެއްވި މި ޕްރޮމޯޝަންގައި މާލެ އާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުން ލިބެން ހުންނަ މަކީޓާ ބްރޭންޑުގެ ޓޫލްސްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖުމަންޓް މުހައްމަދު އިހުސާން ވަހީދު ޕްރޮމޯޝަން ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖުމަންޓް މުހައްމަދު އިހުސާން ވަހީދު ޕްރޮމޯޝަން ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނާ އެކު އެސްޓީއޯއިން ވަނީ 50،000ރ. ގެ މަކީޓާ ޓޫލްސް ލިބޭ މުބާރާތެއް އިއުލާނު ކޮށްފަ އެވެ. އެ މުބާރާތާކީ މަކީޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެސްޓީއޯއިން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި، މުބާރާތުގައި ބައިވެރިކުރާ ތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ކަމަށެވެ. ކޮންމެ ބައިވެރިއަކު ވެސް، އެ އައިޓަމް ތައްޔާރުކުރާ މަންޒަރު ދައްކައިދޭ އެއް މިނެޓުގެ 1080 ޕީ ކޮލިޓީގެ ވީޑިއޯއެއް ހުށަހަޅަން ޖެހެ އެވެ.

މުބާރާތުގައި ބައިވެރިކުރާ އައިޓަމުގައި ހުންނަން ޖެހޭނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓް އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓެވެ. އަދި ތައްޔާރުކުރާ އައިޓަމްތަކަކީ، ދީނާއި، ސަގާފަތުގެ ހުރުމަތް ކެނޑޭ ފަދަ ތަކެއްޗަށް ވެގެން ނުވާނެ އެވެ.

މަކީޓާ ޓޫލްސް ބޭނުން ކޮށްގެން ހުނަރު ދައްކާލެވޭ މުބާރާތެއް ވަނީ އިއުލާނު ކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަކީޓާ ޓޫލްސް ބޭނުން ކޮށްގެން ހުނަރު ދައްކާލެވޭ މުބާރާތެއް ވަނީ އިއުލާނު ކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މުބާރާތުގައި ވަނަތައް ހޮވާނީ ޖަޖުންގެ މާކްސްގެ 70 ޕަސެންޓާއި، ފޭސްބުކް ލައިކު ލިބޭ މިންވަރުގެ 20 ޕަސެންޓާއި، ހުށަހަޅާ ވީޑިއޯއަށް ކަނޑައަޅާފައިވާ 10 ޕަސެންޓުން މާކްސް ލިބޭ މިންވަރަސް ބެލުމަށް ފަހު އެވެ. އެ މުބާރާތުގެ އެއް ވަނަ އަށް 50،000ރ. މަކީޓާ ޓޫލްސް ލިބޭ ވައުޗަރެއް ވަނީ ހުށަހަޅާފަ އެވެ. އަދި ދެ ވަނަ އަށް 30،000ރ. ގެ މަކީޓާ ޕްރޮޑަކްޓު ލިބޭ ވައުޗަރެއް އަދި ތިން ވަނަ އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 15،000ރ. ގެ ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ލިބޭ ވައުޗަރެއް ވަނީ ހުށަހަޅާފަ އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެސްޓީއޯގެ މަކީޓާ ޝޯރޫމާއި، ވެބްސައިޓުން ލިބޭނެ އެވެ. އަދި މާކީޓާ ޝޯރޫމަށާއި، އީމެއިލް އާއި ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅޭނީ މި މަހުގެ 23ގެ ރޭގަނޑު 10 ޖެހުމާއި ހަމައަށެވެ.

އެސްޓީއޯއިން ބުނީ ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ އެންމެ އައިޓަމެއް ކަމަށާއި، އައިޓަމް ހުށަހަޅަން ލިބޭނީ މި މަހުގެ 25 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ.