Roadha Mihaaru
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

"ހެއްޔާ މަކިޓާ"ގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

03 ޑިސެމްބަރ 2023

އެސްޓީއޯއިން "މަކިޓާ"ގެ ޕަވާ ޓޫލްސްގެ ޕްރޮމޯޝަން، "ހެއްޔާ މަކިޓާ" ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯއިން "މަކިޓާ"ގެ ޕަވާ ޓޫލްސްގެ ޕްރޮމޯޝަން، "ހެއްޔާ މަކިޓާ" ފަށައިފި އެވެ.

"މަކިޓާ ޝޯރޫމް"ގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމަން އެވެ. މި ޕްރޮމޯޝަނަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފެށި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި "މަކިޓާ ޝޯރޫމް" އާއި "މަކިޓާ"ގެ ޕަވާ ޓޫލްސް ވިއްކާ ރީޖަނަލް އައުޓްލެޓްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަނުގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ލަކީޑްރޯގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 30،000ރ. ގެ ގިފްޓުވައުޗަރެކެވެ. ދެ ވަނަ އަށް 20،000ރ. ގެ ގިފްޓު ވައުޗަރެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. ގެ ގިފްޓް ވައުޗަރެކެވެ.

މި ޕްރޮމޯޝަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި "މަކިޓާ ޝޯރޫމް"ގައި "މަކިޓާ" ޓޫލްސް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރަތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތަކަށް "މަކިޓާ"ގެ ޓޫލްތައް ހިމެނޭ އިނާމެއް ލިބޭނެ އެވެ.