Roadha Mihaaru
މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެކީ

އެސްޓީއޯގެ މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެތަނަކަށް

17 އޮކްޓޯބަރ 2022

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ މަކީޓާ ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކެއް ތައާރަފުކޮށް "މަކީޓާ ނައިޓު" ގެ ނަމުގައި ހަފްލާއެއް ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ މަކީޓާ ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކެއް ތައާރަފުކޮށް "މަކީޓާ ނައިޓު" ގެ ނަމުގައި ހަފްލާއެއް ބާއްވައިފި އެވެ.

މިރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މި ހަފްލާގައި އެސްޓީއޯގެ މުވައްޒަފުންނާއި މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ.

"މަކީޓާ ނައިޓް" ގައި ދައްކާލަން ބަހައްޓާފައި ހުރި ބައެއް އުފެއްދުންތައް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަކީޓާ ނައިޓް" ގައި ދައްކާލަން ބަހައްޓާފައި ހުރި ބައެއް އުފެއްދުންތައް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރޭގެ ހަފްލާގައި އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު ވިދާޅުވީ މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުވުމަކީ މިރޭ ހާއްސަވާ ސަބަބެއް ކަމަށެވެ. އެ ފަރާތްތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާކުރުމަކީ "މަކީޓާ ނައިޓް" ގެ މުހިންމު މަގްސަދެއް ކަމަށް ޕަރުވީނު ވިދާޅުވި އެވެ.

އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު މިރޭ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު މިރޭ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަކީޓާ ބްރޭންޑު 1998 ގައި އެސްޓީއޯއާ ގުޅި، ރާއްޖެއަށް މާކެޓުކުރަން ފެށީއްސުރެ ޕްރޮޑަކްޓު ރޭންޖު އިތުރު ވަމުން އައިސް ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދައިފައި. އޭގެ ހެއްކަކީ މަކީޓާގެ ޝޯރޫމެއް ހުޅުވުން،" ޕަރުވީން ވިދާޅުވި އެވެ.

ޖަޕާންގެ މަކީޓާ ބްރޭންޑުން މިހާރު ނެރޭ ގިނަ އުފެއްދުންތަކަކީ "ކޯޑު ލެސް" ނުވަތަ ކަރަންޓު ވާގަނޑަކާ ނުލައި ފަސޭހައިން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި އެއްޗިއްސެވެ.

"މަކީޓާ ނައިޓު" ގެ ބައިވެރިއަކު އެ ބްރޭންޑުގެ އުފެއްދުމެއް ތަޖުރިބާ ކޮށްލަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަކީޓާ ނައިޓު" ގެ ބައިވެރިއަކު އެ ބްރޭންޑުގެ އުފެއްދުމެއް ތަޖުރިބާ ކޮށްލަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރޭގެ ހަފްލާގައި ވަނީ އެސްޓީއޯ މަކީޓާ ޝޯރޫމުން ލިބެން ހުރި، އެ ބްރޭންޑުގެ އާ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނަށް ދީފަ އެވެ.

މަކީޓާ ސިންގަޕޯގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު މަކީޓާގެ ޕްރޮޑަކްޓެއް ބޭނުންކުރައްވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަކީޓާ ސިންގަޕޯގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު މަކީޓާގެ ޕްރޮޑަކްޓެއް ބޭނުންކުރައްވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަކީޓާއިން އަލަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ބެޓެރިން ބޭނުންކުރެވޭ ފެން ހޫނުކުރާ ޖަގާއި، ބްލޫޓޫތު ސްޕީކަރު ފަދަ ތަކެތި ހިމެނެ އެވެ. އަދި ގަސް ކޮށާ ކަޓަރާއި، ކަރަންޓު ކީހާއި، ޓިނު ކަޓަރު ފަދަ ތަކެތި ވެސް ތައާރަފްކޮށް އެ އެއްޗެހި ބޭންކުރާ ގޮތް މިރޭ ދައްކާލި އެވެ.

މަކީޓާގެ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި، ބޭނުންކޮށްލަން ފަސޭހަ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ އުފެއްދުންތަކެކެވެ.