Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ލޯކަލް ޓޫރިޒަމް: މިނިސްޓަރު

ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ހޯމްސްޓޭ އާއި ގެސްޓް ހައުސްގެ ވިޔަފާރި: މިނިސްޓަރު

24 އޮކްޓޯބަރ 2022

ހއ. އާއި ހދ. އަތޮޅަށް އެންމެ ރަނގަޅީ ގެސްޓް ހައުސް އާއި ހޯމްސްޓޭގެ ވިޔަފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. އާއި ހދ. އަތޮޅަށް އެންމެ ރަނގަޅީ ގެސްޓް ހައުސް އާއި ހޯމްސްޓޭގެ ވިޔަފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު، މި ހަފުތާ ބަންދުގައި ބޮޑުތިލަދުންމަތީގެ ދެ ރަށަކަށް އޭނާ ވަޑައިގަތުމުން އެ ނެއްލައިދޫގެ މީހުން ވަނީ އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ނުކުރާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ރިސޯޓެއްގައި ދޭ ހިދުމަތް ތަމްސީލެއްގެ ގޮތުގައި ދައްކައިފަ އެވެ. އެ މަރުހަބާއަކީ ސަރުކާރަށާއި މައުސޫމަށް ވެސް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް ބައެއް މީހުން ސިފަކުރެ އެވެ.

އެ ދަތުރަށް ފަހު، މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ތިލަދުންމަތީގެ ރަށްރަށުގެ މީހުން އެ ސަރަހައްދަށް ޓޫރިޒމް ގެންދަން ބޭނުންވެފައި ތިބި ވަރު ކަމަށެވެ.

އެކި ސަބަބުތަކާ ހުރެ ތިލަދުންމަތީގައި ރިސޯޓުތައް ހުޅުވަން ދަތިވެފައިވާ ކަމަށް އިޝާރާތް ކުރައްވަމުން މައުސޫމް ވިދާޅުވީ، އެ ކަމަށް އޮތް ހައްލަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރުން ކަމަށެވެ. ބޮޑުތިލަދުންމައްޗަށް އެންމެ ބޮޑަށް މިހާރު އިސްކަން ދެނީ ރިސޯޓު ހުޅުވުމަށް ވުރެ ޓޫރިޒަމް ކުރިއެރުވޭނެ ގޮތް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ދެކޮޅުގައި ވެސް ޓޫރިޒަމް ތަރައްގީ ކުރަން އުނދަގޫވެފައި މި އޮތީ. ހދ. އަތޮޅުގައި ރިސޯޓުތައް ނުހުޅުވި، ޓޫރިޒަމް ކުރިއަށް ނުގޮސް، ރިސޯޓުތައް ނުހުޅުވި އޮތީމާ އޭގެ މަންފާ ހޯދަން މި ޖެހެނީ އަތޮޅާ ވަރަށް ދުރައް ދާން،" ހއ. ކެލަ އަށް އުފަން މައުސޫމް ވިދާޅުވި އެވެ.

"އެހެންވީމާ މި ރަށްރަށަށް ދެން އެންމެ ރަނގަޅު ވާނީ ރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރުން. އެއީ މި ސަރުކާރުން މުޅި ރާއްޖެ އަށް ވެސް ބޭނުންވާ ގޮތް. ހޯމްސްޓޭ އާއި ގެސްޓް ހައުސް ވިޔަފާރި ރަށްރަށުގައި އާލާކުރުން."

މައުސޫމް ވިދާޅުވިގޮތުގައި ތިލަދުންމައްޗަށް ކުރެއްވި ދަތުރުގެ މައިގަނޑު މަގުސަދަކީ ވެސް އެ ރަށްރަށުގައި ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ކައުންސިލާއި އާންމުންނާ ވާހަކަ ދެއްކެވުމެވެ.

"ތިލަދުންމަތީގައި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ އުނދަގޫ ކަމަކަށް ފާހަގަވި ކަމަކީ ދަތުރުފަތުރު. މާލެ އިން ރަށްރަށަށް އައުމަށް މި ހުރި ދަތިތައް،" އޭނާ ވިދާޅުވި އެވެ.

"އެ ނޫން ހުރިހާ ކަމެއް މިހާރު މި ވަނީ ނިމިފައި. ތިލަދުންމަތި މި ވަނީ ޓޫރިޒަމަށް ފައްކާ ވެފައި. ރަށްރަށުގެ ބަނދަރުތައް ހަދާ ނިމެނީ. ބޭސިކް އިންފްރާންސް ސްޓްރަކްޗާ އޮންނަން ޖެހޭނެ. އެއީ ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި އިންޓަނެޓް. އެ އެއްޗެހިތައް ބައެއް ރަށްރަށުގައި ފާހަގަ ޖެހިފަ އަނެއް ބައި ރަށްރަށުގަ ފާހަގަ ޖެހުމުގެ މަގުމަތީގަ މި އުޅެނީ."

އެހެންވީމާ މި ރަށްރަށަށް ދެން އެންމެ ރަނގަޅު ވާނީ ރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރުން. އެއީ މި ސަރުކާރުން މުޅި ރާއްޖެ އަށް ވެސް ބޭނުންވާ ގޮތް. ހޯމްސްޓޭ އާއި ގެސްޓް ހައުސް ވިޔަފާރި ރަށްރަށުގައި އާލާކުރުން."--- މައުސޫމް

ތިލަދުންމައްޗަށް ހޯމްސްޓޭ އާއި ގެސްޓް ހައުސްގެ ޓޫރިޒަމް ރަނގަޅުވާ އަނެއް ސަބަބަކީ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ބިން ކުޑަވުމުން އިތުރަށް ބިން ދޭނެ ޖާގަ ނެތުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އެކަމަކު، ބައެއް ރަށްރަށުގެ ލޭންޑްޔޫޒް ޕްލޭން ހެދިއިރު ޓޫރިޒަމަށް ބިން ކަނޑައަޅާފައިވާ ކަން މައުސޫމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރު އެ އޮތީ ހޯމްސްޓޭ ހުޅުވާލާފައި އެ ބޭނުންވާ ރައްޔިތުންނަށް. މިހާރު މި އޮތީ ފަސޭހަކޮށްދީފައި. އެއީ ހޯމްސްޓޭ ހަދައިގެން. ގެސްޓް ހައުސެއް ހުންނާކަށް ނުޖެހޭނެ. ރިސެޕްޝަނެއް ހުންނާކަށް ނުޖެހޭނެ. ހަމަ ރަނގަޅު ފެންވަރެއްގައި ކޮޓަރިއެއް ހުރުމުން އެ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ރަށުގައި ތިބެގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ހުޅުވިފައި އޮތް ފުރުސަތުގެ ބޭނުން ހިފުމުން ރިސޯޓުތަކަށް ބަރޯސާ ވާން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.