Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފަށައިފި

ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފަށައިފި

25 އޮކްޓޯބަރ 2022

ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް" މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް" މިއަދު ފަށައިފި އެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ މަޝްވަރާ ބައްދަލުވުމުގައި އިމިގްރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ، ސިމްޕޯޒިއަމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހައްލު ހޯދަން މަސައްކަތް ކުރުން ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި ސިމްޕޯޒިއަމަކީ ރާއްޖޭގައި އަލަށް ހުރިހާ އިންޓަ-އެޖެންސީ ގުޅިގެން ކޯޑިނޭޝަން ހަރުދަނާކުރުމުގެ ގޮތުން ބޯޑާ ސެކިއުރިޓީއާ ގުޅޭ ހުރިހާ އެޖެންސީތަކެއް އެއްތަނަކަށް ޖަމާވެ، ޑިސްކަޝަން ފޯރަމެއްގެ ގޮތުގައި ކުރިއަށްދާ ހަރަކާތެއް،" އޭނާ ވިދާޅުވި އެވެ.

"މައިގަނޑު މަގުސަދަކީ މިހާރު ހުރި މައްސަލަތަކާއި މިހާރު ޑިސްކަސް ކޮށްގެން އެއް މޭޒަކުން ނިންމޭނެ ކަންކަން ދެނެގަނެ، އެ ކަންކަމާ ގުޅޭ ގޮތުން އަމަލީ ގޮތުން ކުރެވޭނެ ކަންކަން ދެނެގަތުން."

ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމްގައި ބައިވެރިވާ ކަމާބެހޭ އިދާރާތަކުން ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމްގައި ބައިވެރިވާ ކަމާބެހޭ އިދާރާތަކުން ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަނަފީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަމަށް ބަލައި، ބަދަލެއް ގެންނަން ޖެހޭ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ އެ ކަންކަން ކުރިމަގުގައި ތަންފީޒު ވެސް ކުރާނެ އެވެ. އެ ބައްދަލުވުމުގައި ހުށަހަޅާ ކަންކަމުގެ މައްޗަށް ބަލައިގެން، ބޯޑާ ސެކިއުރިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ތައްޔާރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް-19ގެ ވަބާ އަށް ފަހު، ގައުމުތަކުގެ ބޯޑަރުގައި ހިންގާ ކުށްތަކުގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބޮޑެތި ގައުމުތަކާއި އަދި ރާއްޖެ ފަދަ ކުދި ގައުމުތަކުން ވެސް އެކުގައި މަސައްކަތްކޮށް، ހައްލެއް ހޯދަމުން އަންނަ ކަމަށް ބުންޏެވެ.