31 އޮކްޓޯބަރ 2022
ސައުދީ އަރަބިއާގައި ބޭއްވި ވޯލްޑް ފެސްޓިވަލަށް ރާއްޖޭގެ ވޭލް ސަމްބެރިން ގެންދަން ހެދި އެއްބަސްވުމެއްގެ މައްސަލާގައި ޔޫއޭއީގެ ކުންފުންޏަކަށް ވޭލް ސަމްބެރިން ކުންފުނިން 500،000 ޑޮލަރު (7.7) މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސައުދީ އަރަބިއާގައި ބޭއްވި ވޯލްޑް ފެސްޓިވަލަށް ރާއްޖޭގެ ވޭލް ސަމްބެރިން ގެންދަން ހެދި އެއްބަސްވުމެއްގެ މައްސަލާގައި ޔޫއޭއީގެ ކުންފުންޏަކަށް ވޭލް ސަމްބެރިން ކުންފުނިން 500،000 ޑޮލަރު (7.7) މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޔޫއޭއީގެ އެވެންޓަސް ގުރޫޕާއި ވޭލް ސަމްބެރިން ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ 2019 ވަނަ އަހަރު ސައުދީގެ ޖިއްދާގައި ބޭއްވި ވޯލްޑް ފެސްޓިވަލަށް ވޭލް ސަބްމެރިން ގެންގޮސްގެން އޮޕަރޭޓް ކުރުމަށެވެ. އެހެން ނަމަވެސް އެވެންޓަސް ގްރޫޕުން ބޭނުންވި ތާރީހަށް ސަމްބެރިން ނުގެންދެވުމުން އެ ކުންފުނިން އެއްބަސްވުން އުވާލުމަށް ފަހު ވޭލް ސަމްބެރިންއާ ދެކޮޅަށް ދައުވާކުރީ އެޑްވާންސްގެ ގޮތުގައި ދިން 500،000 ޑޮލަރާއި ސައިޓް ސާވޭ ހަރަދާއި އިންޓްރެސްޓާއި ވަކީލުންގެ ފީއަށް 654،000 ޑޮލަރު ހޯދުމަށެވެ.
އެ މުއްދަތަށް ސަބްމެރިން ނުގެންދެވުނީ ސަބްމެރިން ޖިއްދާ އަށް ގެންދާނެ ބޯޓެއް ނުލިބުމުގެ ސަބަބުން ކަމަށާއި އަދި ދިމާވާ ކަމެއްގެ ސަބަބުން އެއްބަސްވާ ތާރީހަށް ސަބްމެރިން ނުގެންދެވިދާނެ ކަން އެވެންޓަސް އަށް އަންގާފައިވާނެ ކަމަށް ވޭލް ސަބްމެރިން ކުންފުނިން ބުނެފައިވެ އެވެ.
ވޭލް ސަމްބެރިން ކުންފުނިން ކުންފުނިން ބުނެފައިވަނީ އެޑްވާންސް ފައިސާގެ ތެރެއިން އަނބުރާ ދޭންޖެހޭނީ އެ ޕްރޮޖެކްޓްގެ މުއްދަތުގައި ސަމްބެރިންގެ އޮޕަރޭޝަން ހުއްޓާލާފައި އޮތް ދުވަސްތަކަށް ހިނގި ހަރަދުތައް އުނިކުރުމަށް ފަހު ކަމަށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މުއާމަލާތް ކުރިއަށް ނުގެންދެވުނީ ޖިއްދާ އަށް ސަމްބެރިން ގެންދާނެ ޝިޕަރެއް ނުލިބުމުގެ ސަބަބުން ކަމަށްވާތީ އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށާއި އެހެންވެ، އެޑްވާންސް ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ.
ހުކުމުގައި ވަނީ އޮޕަރޭޝަން ހުއްޓާލާފައި އޮތް މުއްދަތަށް އެޑްވާންސް ފައިސާއިން ފައިސާ އުނިކުރަން ވޭލް ސަބްމެރިން ކުންފުނިން ހުށަހެޅި ހުށަހެޅުން އެވެންޓަސް ކުންފުނިން ގަބޫލުކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެ ފައިސާ އެއްކޮށް ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު ސައިޓް ސާވޭ ކުރުމުގެ ޚަރަދާއި އިންޓްރެސްޓާއި ވަކީލުގެ ފީގެ ގޮތުގައި ނަގައިނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ހުކުމުގައި ވޭލް ސަބްމެރިން ކުންފުންޏަށް އަންގާފައިވަނީ 500،000 ޑޮލަރު ދެ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށެވެ.
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް
އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންކަމުގައި!
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
"ކުޑަގިރިފަރަށް އެރި ބޯޓު ފުރުން މަނާކުރީ ރަނގަޅަށް"
މައްސަލަ ނާކާމިޔާބުވެ ހަންބޯގެ ވަކީލުންނަށް 10000ރ
ކޯޓަށް ދިޔަޔަސް ނިންމުން ބަދަލެއް ނުވާނެ: އާބަންކޯ
ބިޔަ ގާނޫނާއެކު، މަދަނީ އަދުލުގެ ނިޒާމު ހުއްޓުމަކަށް!
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
މުނާޒަށް ކަރެކްޝަންސްގެ ރިޓަޔާމެންޓް އިނާޔަތް ހޯދޭނެ
ސަބްމެރިންގެ ގޭސް ސިލިންޑަރުތައް ގޮވައި، ގެއްލުންތަކެއް