ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާ އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މަގާމުން ވަކިކޮށްފި އެވެ.
02 ނޮވެމްބަރ 2022
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާ އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މަގާމުން ވަކިކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފާއިޒް ވަޒީފާއިން ވަކިކުރީ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަދި އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދާފައިވާތީ ކަމަށެވެ. އަދި ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވަނީ ވެސް ދައުލަތުގެ މާލިއްޔަތު އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ޑީޖޭއޭއިން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މުވައްޒަފުން އަމަލުކުރަން އެ ކޯޓުގެ ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާ އޭނާ ޚިލާފުވެ، ނުބައި ނަމޫނާއެއް މުވައްޒަފުންނަށް ދައްކާފައިވާ ކަމަށެވެ. އެހެންވެ، އެ ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރެވޭ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލާގެ ތުހުމަތުގައި ފާއިޒް ސަސްޕެންޑްކުރީ މިދިޔަ މާޗް މަހު އެވެ.
ފަސް އަހަރުގެ މުއްދަތަކަށް ފާއިޒް އެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރު އެވެ.
ފާރަލީކަމަށް ބުނެ ސުޕްރީމްކޯޓްގެ އެސްޖީ ސަސްޕެންޑް
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ކުރީގެ ޖަމިއްޔާ އޮތީ ގާނޫނުގެ ދަށުން ކަމަކަށް ނުބެލެވޭ
ގާނޫނާހިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟
"ފަނޑިޔާރުން ވަކި ކުރަން ބުނުމަކީ ނުފޫޒު ފޯރުވުން"
ފަނޑިޔާރުންނާ މެދު ނަފްރަތު ނުއުފައްދަން ގޮވާލައިފި
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި