ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން، ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމަށް އެމެރިކާ އިން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް، އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން، ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމަށް އެމެރިކާ އިން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް، އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ހަވާލާ ދީ، އެމެރިކާގެ ދުވަހު ނޫސް ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމަށް ޔޫކްރޭނުން ގެންގުޅެމުން އައި ޝަރުތުތައް ދޫކޮށްލައި ވާހަކަތައް ފެށުމަށް، ޔޫކްރޭންގެ ވެރިންނަށް އެމެރިކާގެ އޮފިޝަލުން މިހާރުވަނީ ދަންނަވައިފަ އެވެ.
ރަޝިޔާއާ އެކުގައި މަޝްވަރާގެ ވާހަކަތައް ފެށުމަށް ޔޫކްރޭނުން މައިގަނޑު ތިން ޝަރުތެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އެއް ޝަރުތަކީ، ރަޝިޔާގެ ރައީސްކަމުގެ މަގާމުން ލަޑިމިއާ ޕުޓިން ދުރުކުރުމެވެ. އަނެއް ޝަރުތަކީ، ޔޫކްރޭންގެ ބިންތަކުން ރަޝިޔާ ސިފައިން ފޭބުމެވެ. އަދި ތިން ވަނަ ޝަރުތަކީ ހިފާފައިވާ ޔޫކްރޭންގެ ހުރިހާ ބިންތަކެއް ރަޝިޔާ އިން މިނިވަން ކުރުމެވެ.
ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި ރަޝިޔާއާ އެކުގައި މަޝްވަރާތައް ފެށުމަކީ، ވިލާތުގެ ގައުމުތަކުން ޔުކްރޭނަށް ދެމުންދާ އެހީތައް ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް، އެމެރިކާގެ އޮފިޝަލުން ވަނީ ޔޫކްރޭންގެ ވެރިންނަށް ދަންނަވައިފަ އެވެ. ރަޝިޔާއާ އެކުގައި މަޝްވަރާތައް ފެށުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދެކޮޅު ހެއްދެވުމަކީ، އެމެރިކާގެ އިތުރުން ޔޫރަޕާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތައް ކަންބޮޑުވާ ކަމެއް ކަމަށް، ޔޫކްރޭން ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ގަބޫލު ކުރައްވަ އެވެ.
ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލުކުރާ ގޮތުގައި ޔޫކްރޭނުން ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމަށް ދެކޮޅު ހަދާހާ ހިނދަކު ހަނގުރާމަ އަށް ނިމުމެއް ނާންނާނެ އެވެ. އަދި ހަނގުރާމަ ހުއްޓުމަކަށް އައިސްގެން ނޫނީ، ދުނިޔޭގެ ބާޒާރުގައި ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކުގެ އަގުތައް ދަށަށް ނުދާނެ ކަމަށް ވެސް އެ ގައުމުތަކުން ދެކެ އެވެ.
އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުނި ގޮތުގައި ރަޝިޔާ އިން އަދިވެސް މަސައްކަތް ކުރަމުން ދަނީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށެވެ. މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ރަޝިޔާ ބޭނުންވާ ނަމަ، ޔޫކްރޭންގެ ސަހަރުތަކަށް ދެމުންދާ ބޮމުގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ވެސް ހުއްޓާލަން ޖެހެ އެވެ. އަދި ޔޫކްރޭންގެ ބިންތަކުން ރަޝިޔާ ސިފައިން ފައިބަންޖެހެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް އެރުމަށް ފަހު، އެ ގައުމުގެ ބިމުން ބޮޑު ބައެއް ވަނީ ގަދަކަމުން އަތުލައިގަނެ، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ގަބޫލެއް ނުކުރެ އެވެ.
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ކްރެމްލިން ހަމަލާ: ޔޫކްރޭނުން ކުރި ކަމެއް ނޫން
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ