އެމްޑީޕީގެ އިންތިހާބުތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ފޮނުވީ ހުރަސްއަޅަން ނޫން ކަމަށާއި އެއީ އެ ޕާޓީއަށް ނުވެގެން ވޯޓު ގުނައިދޭން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އިތުރުފުޅު ހައްދަވައިފި އެވެ.
07 ނޮވެމްބަރ 2022
އެމްޑީޕީގެ އިންތިހާބުތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ފޮނުވީ ހުރަސްއަޅަން ނޫން ކަމަށާއި އެއީ އެ ޕާޓީއަށް ނުވެގެން ވޯޓު ގުނައިދޭން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އިތުރުފުޅު ހައްދަވައިފި އެވެ.
އިދިކޮޅު ލީޑަރު، ޔާމީނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވީ ނިމިގެން ދިޔަ ޕީޕީއެމްގެ އިންތިހާބަކީީ ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓުލަނީ ސިމެންތިގަށާ މެޝިންތަކާއި ބާލިދީތަކުގައި ކަމަށް ވިދާޅުވުމުންނެވެ.
"އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓު ދިނީ؟. ނޫނީ ގަށާ މެޝިނަށް އަޅައިގެންތޯ، ޖަވާބު ސާފު ދެއްތޯ. ޓައްޕުތަކުގައި، ބާލިދީގައެއް ނޫނެއްނު މި އެއްޗެހި އުފުލަނީކީއެއް. ދެން އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކާށޭ ބުނޭ،" ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މާލޭގައި ބޭއްވި ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ލަދުހަޔާތުގެ ކަންފުޅެއް އޮތް ނަމަވެސް ޑިމޮކްރަސީގެ ވާހަކަ އެމްޑީޕީން ނުދައްކަން ޔާމީން އެ ދުވަހު އެދިވަޑައިގަތެވެ.
އެ މަނިކުފާނުގެ މި ވާހަކަފުޅާ އެކު އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ ރައްދަކީ ވޯޓުތަކުގައި ފެނުނީ ޔާމީންގެ ވެރިކަމުގައި ހައްގުތައް ހިފަހައްޓާފައި އޮތް ވަރު ކަމަށެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދެއްވައި ފުލުހުން ފޮނުވައި ގަދަބާރުން އަމަލުކުރެއްވި ގޮތް ކަމަށެވެ.
އައްޑޫގައި ބާއްވާ "މަވެސް ޕީޕީއެމް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީންގެ ވެރިކަމުގައި އެސްއޯ ފުލުހުން ގޮސް ހުއްޓުވީ އެމްޑީޕީން 2018ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ހުރަސްއަޅައި މާލެ އާއި ރަށްރަށުގައި ބައެއް ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.
ވޯޓު ހުއްޓުވައި ޑިމޮކްރަސީގެ ހުތުރު ނަމޫނާ ދެއްކެވީ ޔާމީން ކަމަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި އެމްޑީޕީގެ އިންތިހާބުތަކުގައި ފުލުހުން ފޮނުއްވި ކަމަށް ޔާމީން ރޭ އައްޑޫ ފޭދޫގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ އިންތިހާބު އޮމާންކޮށް ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހެޔޮފުޅުކަމުން ފުލުހުން ނުފޮނުވާތީ ނޫން ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް އެތަނަށް ފުލުހުން ފޮނުވައިގެން ކުރައްވާނީ ކީއްތޯ؟ އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައިގެން ނޫޅޭ އިނގޭތޯ،" ޔާމީން ރޭ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގޭގައި ހުރި ފޮށިތައް ހިފައިގެން ފުލުހުން ނިކުންނަނީ. ފުލުހުން އޭރު ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް، ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ދިޔަ. - ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިހާބުގައި ވޯޓުލާން ނުކުތީ އެތައް ދާއިރާތަކަކުން އެކަމަށް ޝައުގުވެރިކަން ހުރެގެންނެވެ. ބައެއް ދިމަދިމާލުގައި ރޭގަނޑުވި އިރު ވޯޓުފޮށި ބަންދު ނުކުރެވިދިޔަ ކަަމަށް ވިދާޅުވި އެވެ.
"އެ ފެނުނީ ޑިމޮކްރަސީގެ މިސާލަކީ. އޭގެ ތެރޭގައި މަސްލަހަތު ނަގާލައި ތަންތަން ފަޅާލައި މީހުންނަށް ޖިސްމާނީ މި ކަހަލަ އެއްވެސް ގާނޫނާ ޚިލާފު އަމަލެއް ނުހިންގާ. ދެން މި ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިމަންނާމެން އިންތިހާބުތައް ބާއްވަމުން ދިޔައިރު ފުލުހުން ފޮނުވިއޭ. އެއީ ތެދެއް ކަން ނޭނގޭ،" ޔާމީން ވިދާޅުވި އެވެ.
"ފުލުހުން ފޮނުވީ ކީއްކުރަންތޯ؟ އެ ބޭފުޅުންނަށް ވޯޓު ގުނުމުގެ ކަންތައް ނުކުރެވިގެން ވޯޓު ވެސް ގުނައިދިނީ ފުލުހުން. އެހެން ވެގެން ފުލުހުން އެތަނަށް ދިޔައީ."
ވޯޓުލުން ކުރިއަށް ދިޔައިރު އެމްޑީޕީގެ ހަރުގޭގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ | މިހާރު
ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ވޯޓާ ގުޅުވައި ވާހަކަ ދެއްކެވުން ލަދުވެތި ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ އަބަދުވެސް ތާރީހު އޮޅުވާލާ ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު މިއީ އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަ،" ޕީޕީއެމްގެ ނަމޫނާ އިންތިހާބުގެ ކްރެޑިޓް ނުނަގަން އެދިވަޑައިގެން ޔާމީން ވިދާޅުވި އެވެ.
ފުލުހުން ވޯޓު ގުނީކަމަށް ބުނެ ކުރީ ފުރައްސާރަ: ރިޔާޒް
ޕީޕީއެމްގެ ހަރަކާތަށް ރެހެންދި ސްކޫލް ދުލެއް ނުކުރި!
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ޕީޕީއެމަށް 30،000، އިދިކޮޅަށް ފެނުނީ 3،000!
ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބަލަން އެދިއްޖެ
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
ރިޔާސީ ކެންޑިޑޭޓުންގެ ޑިޕޮސިޓް 100،000ރ. އަށް
ގާނޫނީ އިމުން ބޭރު، ހަރަކާތްތައް ހުއްޓުވާނަން: ނަވާޒް
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް