Roadha Mihaaru

ފުލުހުން ވޯޓު ގުނީ ކަމަށް ބުނެ ޔާމީން ކުރީ ފުރައްސާރަ: ރިޔާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ އިންތިހާބުތައް ފުލުހުން ހުއްޓުވީ ނޫން ކަމަށާއި ފުލުހުން ދިޔައީ ވޯޓު ގުނަން ކަމަށް ވިދާޅުވެ ޔާމީން ކުރެއްވީ ފުރައްސާރައެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުން ވޯޓު ގުނީކަމަށް ބުނެ ކުރީ ފުރައްސާރަ: ރިޔާޒް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ނޮވެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ އިންތިހާބުތައް ފުލުހުން ހުއްޓުވީ ނޫން ކަމަށާއި ފުލުހުން ދިޔައީ ވޯޓު ގުނަން ކަމަށް ވިދާޅުވެ ޔާމީން ކުރެއްވީ ފުރައްސާރައެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ފާޑުކިއުން އަމާޒުވީ ނިމިގެން ދިޔަ ޕީޕީއެމްގެ އިންތިހާބަކީީ ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓުލަނީ ސިމެންތިގަށާ މެޝިންތަކާއި ބާލިދީތަކުގައި ކަމަށް ވިދާޅުވުމުންނެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ފޮނުވީ ހުރަސްއަޅަން ނޫން ކަމަށާއި އެއީ އެ ޕާޓީއަށް ނުވެގެން ވޯޓު ގުނައިދޭން ކުރެއްވި ކަމެއް ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުންގެ މަލާމާތުގެ ފުރައްސާރައަށް ފުލުހުންގެ ހިދުމަތް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ޑިމޮކްރަސީގެ މުހިންމު ބައެއް ކަމަށާއި އެ ހިދުމަތް ނިކަމެތިކުރަން އަމިއްލައަށް ކުރާ ކޮންމެ މަސައްކަތަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އެސްއޯ ފުލުހުން ގޮސް ހުއްޓުވީ އެމްޑީޕީން 2018ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ހުރަސްއަޅައި މާލެ އާއި ރަށްރަށުގައި ބައެއް ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.