Roadha Mihaaru
72 ކިލޯ ޑްރަގް: ހަތް މީހަކަށް ކުރި ދައުވާ ނަގައިފި

72 ކިލޯގެ ޑްރަގްގެ މައްސަލަ: ހަތް މީހަކަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

07 ނޮވެމްބަރ 2022

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި 10 މީހުންގެ ތެރެއިން ހަތް މީހެއްގެ ބައި ހެކި ނެތުމުން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި 10 މީހުންގެ ތެރެއިން ހަތް މީހެއްގެ ބައި ހެކި ނެތުމުން އަނބުރާ ގެންގޮސްފި އެވެ.

ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު އާއި ރ. އިނގުރައިދޫ އެލެކްސާ އަބްދުالله ވިސާމާއި އެގޭ މުހައްމަދު ވިސާމާއި ދ. މާއެނބުދޫ އަނބުގަސްދޮށުގޭ އަހުމަދު ނަސީރާއި މއ. ކަނޑޫގޭ އަލީ އަހުމަދާއި ހ. ގާޑެންބިއުޓީ މުހައްމަދު އަކްރަމާއި ހދ. ނޮޅިވަރަމްފަރު ނޫރީއާގޭ މުހައްމަދު ޝަރީފާއި ލ. ގަން ތުނޑީ ޕެރިސް ހޮލިޑޭ މުހައްމަދު ފުރުގާނާއި ތ. ތިމަރަފުށީ ތަނޑިރަތްމާގޭ މުހައްމަދު ވަޖީހާއި ރ. ރަސްގެތީމު ފީރޯޒްގޭ އަހުމަދު ޝިނާންގެ މައްޗަށެވެ.

އޭގެ ތެރެއިން އިރުފާނާއި ނަސީރު އާއި އަކްރަމް ފިޔަވައި ދެން ތިބި މީހުންގެ ބައި ދައުލަތުން މިއަދު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މީހުންގެ ބައި އަނބުރާ ގެންދިޔައީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެ މަސްތުވާތަކެތި އަތުލައިގަތީ ކަނޑުމަގުން އެތެރެކުރުމަށް ފަހު ކާރަކަށް އަރުވައިގެން ދަނިކޮށް މާލޭގެ މަގުމަތިންނެވެ.