ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލާފައި ނުވާނެ ކަމަށާއި އަދި މަގާމުން ވަކިކުރުމުގައި އެފަދަ ތުހުމަތެއް ވެސް ކޮށްފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ކަމުން ވަކިކުރި ހުސައިން ފާއިޒު މިއަދު ވިދާޅުވެއްޖެ އެވެ.
08 ނޮވެމްބަރ 2022
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލާފައި ނުވާނެ ކަމަށާއި އަދި މަގާމުން ވަކިކުރުމުގައި އެފަދަ ތުހުމަތެއް ވެސް ކޮށްފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ކަމުން ވަކިކުރި ހުސައިން ފާއިޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މާޗް މަހުން ފެށިގެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު، މިދިޔަ ހަފުތާގައި ފާއިޒް ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލި މައްސަލާގައި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.
އެ ކަމާ ގުޅިގެން ފާއިޒް ނެރުއްވި ބަޔާނެއްގައި ވަނީ ފަނޑިޔާރުންނަށް ފާރަލި ކަމަށް ބުނެ ޑީޖޭއޭއިން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ނެތް ކަމަށެވެ. އޭނާއާ އެފަދަ ސުވާލެއް ނުކުރުމުގެ އިތުރުން ވަކިކުރިކަން އެންގި ލިޔުމުގައި ވެސް އެ ސަބަބެއް ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑު ވަކިކުރިކަން އަންގައި، ޑިޕާޓްމެންޓުން ފޮނުވާފައިވާ ނޯޓިސްގައި ވެސް ފަނޑިޔާރުންނަށް ފާރަލީ ކަމަށް ތުހުމަތު ކޮށްފައެއް ނެތެވެ،" އެ ބަޔާނުގައިވެ އެވެ.
ފާއިޒް ވިދާޅުވި ގޮތުން، ޑީޖޭއޭއިން އޭނާ އަށް ތުހުމަތުކުރީ ސުޕްރީމް ކޯޓުގައި ސިޔާސީ ބޭފުޅެއްގެ މައްސަލަ ހިނގިއިރު އެ ބޭފުޅާއާ ކޯޓު ތެރޭގައި ބައްދަލުކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެކަމަކު އެފަދަ ކަމެއް ނުކުރައްވާ ކަމަށާއި ޑީޖޭއޭ އިން ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް ކަމަށް ބަޔާނުގައިވެ އެވެ.
ފާއިޒުގެ ބަޔާނުގައި ވިދާޅުވީ، ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރީ ފަނޑިޔާރުން ތިއްބަވާ ފްލޯގައި ހުންނަ ފަނޑިޔާރުންގެ ބިއުރޯ އަށް މީހަކު ވަދެފައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އެ ކަމް ކުރީ ފަނޑިޔާރުންގެ ނިންމުމަކުން ކަމަށް ވިދާޅުވި އެވެ. ކެމެރާގެ ފީޑް އޭނާގެ ކޮޓަރިއަށް ލިބޭ ގޮތަށް ހަދާފައިވަނީ ފަނޑިޔާރުން ބޭނުންވާ ހާލަތުގައި ވެސް ފަސޭހައިން ބެލޭ ގޮތަށް ހަމަޖެއްސުމަށް ކަމަށާއި އޭނާގެ ކޮޓަރީގެ އިތުރުން އައިޓީ ރޫމުގައި ވެސް ކެމެރާ ފީޑް ހުންނާނެ ކަމަށާއި އެކަމަކު އޭގެ ނާޖާއިޒް ފައިދާއެއް ނަގާފައި ނުވާނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ހަރަކާތްތައް ލައިވް ފީޑުން ބަލައި ހަދާފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި ފަނޑިޔާރަކު ދެއްވާފައިވާ އެއްވެސް އިރުޝާދަކާ ޚިލާފް ވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެމެވެ،" ފާއިޒްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ވަޒީފާއިން އޭނާ ވަކިކުރަން ނުފޫޒު ގަދަ ފަރާތްތަކުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތަށް އިންޒާރުތައް ވެސް ދީފައިވާ ކަމަށާއި އެކަމުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
"ތުހުމަތަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް"
ދަރަންޏަކާ ހެދި އުކުޅަހު ގާޒީގެ މަގާމު ގެލިއްޖެ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި