Roadha Mihaaru
ލިންކްސާވުން އެމްއެސްއައި ލެޕްޓޮޕް ތައާރަފު ކޮށްފި

ލިންކްސާވުން އެމްއެސްއައި ލެޕްޓޮޕް ތައާރަފު ކޮށްފި

16 ޑިސެމްބަރ 2021

ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް ސާމާނު ވިއްކަމުން އަންނަ ލިންކްސާވުން މައިކްރޯ ސްޓާ އިންޓަނޭޝަނަލް (އެމްއެސްއައި) ބްރޭންޑުގެ ލެޕްޓޮޕް ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް ސާމާނު ވިއްކަމުން އަންނަ ލިންކްސާވުން މައިކްރޯ ސްޓާ އިންޓަނޭޝަނަލް (އެމްއެސްއައި) ބްރޭންޑުގެ ލެޕްޓޮޕް ވިއްކަން ފަށައިފި އެވެ.

އެމްއެސްއައި އަކީ ދުނިޔޭގެ ލީޑިން ލެޕްޓޮޕް ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ. އެ ބްރޭންޑުގެ ދަށުން ލެޕްޓޮޕުގެ އިތުރުން ތަފާތު ގެޖެޓު ވެސް އުފައްދަ އެވެ.

އެމްއެސްއައިގެ ހޯމް އަދި އޮފީސް ލެޕްޓޮޕުގެ އިތުރުން ކޮންޓެންޓް ކްރިއޭޓަރުންނާއި ޑިޒައިނަރުންނާއި ގޭމަރުންނަށް ހާއްސަ ލެޕްޓޮޕް ވެސް މިހާރު ލިންކްސާވް ޝޯރޫމުން ލިބެން ހުންނާނެ އެވެ. އެ ޝޯރޫމުން މި ބްރޭންޑުގެ ލެޕްޓޮޕް ގަތުމުން އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ.

ލިންކްސާވަކީ މިހާރު އެމްއެސްއައި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެހެންވެ، އެ ލިންކްސާވުން އެމްއައިއެސްގެ ލެޕްޓޮޕް ގަތުމުން އެ ބްރޭންޑުގެ ރިވާޑް ޕްރޮގްރާމުގައި ވެސް ބައިވެރިވޭނެ އެވެ. މިއީ ރިވާޑް ޕޮއިންޓްތައް އެއްކޮށްގެން އެމްއެސްއައިގެ ގެޖެޓުތައް އެމެރިކާއިން ހިލޭ ގަނެވޭގޮތަށް ހިންގާ ޕްރޮގްރާމެކެވެ.

ލިންކްސާވް ޝޯރޫމް ހުންނާނީ ލޮނުޒިޔާރަތްމަގު ވީބީ މާޓް ކައިރީގަ އެވެ.