12 ނޮވެމްބަރ 2022
ގދ. ވާދޫ ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ގދ. ވާދޫ ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ދޯނި ބަންޑުން ޖަހާލައިގެން މެންދުރު ފަހު 1:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އަތޮޅު ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ތިއްބެވެ. ތިން މީހުން ސަލާމަތްކުރީ ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯނިން ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ އެ ބޯޓުގެ ބެޓެރީ ފެއިލްވެ، ދިޔަވުމުގެ ސަބަބުންނެވެ.
ލޯންޗުން ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށްފި
ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް
ގެއްލުނު މީހާ ނުފެނޭ، އިތުރު މީހަކަށް ފަރުވާ ދެނީ
ފެތުނު ދޯނިން ގެއްލުނު ދެ މީހަކު ފެނިއްޖެ
ގެއްލުނު ދޯނިން އޮޔާދާ ކަމަށް ބެލެވޭ ތަކެތި ފެނިއްޖެ
ދޯނި އަޑިއަށްދަނީއޭ ބުނިފަހުން ޚަބަރުނުވެ 10 ގަޑިއިރު
ތިން މީހަކާއި ދޯންޏެއް ގެއްލިގެން ހޯދަނީ
ކާށިދޫ ކަނޑަށް ވެއްޓުނު މީހާ ކާށިދު އަށް އަރައިފި
މަރޮށިން ޑިންގީއެއްގައި ނުކުތް ބަޔަކު ގެއްލިގެން ހޯދަނީ
މާފުށިން ވަދާ ދިޔަ ދުވަސްވީ މީހާ ފެނިއްޖެ