13 ނޮވެމްބަރ 2022
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގައި އިއްޔެ ބޭއްވި، ވައިގެ އުދުހުންތަކުގެ ދައްކާލުމެއްގައި ބައިވެރިވި ދެ މަތިންދާބޯޓެއް ވައިގެ ތެރޭގައި ޖެހި އެއިން ދަތުރުކުރި މީހުން މަރުވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގައި އިއްޔެ ބޭއްވި، ވައިގެ އުދުހުންތަކުގެ ދައްކާލުމެއްގައި ބައިވެރިވި ދެ މަތިންދާބޯޓެއް ވައިގެ ތެރޭގައި ޖެހި އެއިން ދަތުރުކުރި މީހުން މަރުވެއްޖެ އެވެ.
އެމެރިކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވައިގެ ތެރޭގައި ދެ ބޯޓު ޖެހުނީ ވައިގެ ބަނދަރުން ފުރައިގެން ވަރަށް ތިރިން ދަތުރު ކުރަނިކޮށެވެ. އެ ދެ މަތިންދާބޯޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް، އަދި މި ހާދިސާގައި މަރުވީ ޖުމްލަ ކިތައް މީހުން ކަމެއް ވެސް، އެމެރިކާ ސަރުކާރުން މިހާތަނަށް ނުބުނެ އެވެ.
another angle pic.twitter.com/qMvabY3qEn
— Jessica O’Donnell ? (@heckyessica) November 12, 2022
ޓެކްސަސްގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ހާދިސާގައި އެކްސިޑެންޓްވެފައި ވަނީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުފައްދައި ބޭނުންކުރި ދެ ބޯޓެކެވެ. އޭގެ ތެރެއިން އެއް ބޯޓަކީ، ބޮއިން ބީ-17 ފްލައިން ފޯޓްރެސްގެ، ހަތަރު އިންޖީނުލީ، ބޮން އަޅާ ބޯޓެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިން މިބާވަތުގެ ބޯޓުތައް ބޭނުންކުރީ ޖަރުމަން ވިލާތުގެ ސިފައިންނަށް ހަމަލާ ދިނުމަށެވެ.
ވިންގްސް އޯވާ ޑެލަސްގެ ނަމުގައި އިއްޔެ ބޭއްވި ޝޯގެ ތެރޭގައި ހިނގި މި ހާދިސާގައި އެކްސިޑެންޓްވި އަނެއް ބޯޓަކީ، ބެލް ޕީ-63 ކިންގްކޮބްރާގެ، މަތިންދާބޯޓެކެވެ. އެމެރިކާގައި އުފެއްދި، އެއް އިންޖީނު އެޅި މި ބޯޓަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަން ވިލާތުގެ ސިފައިންނަށް ހަމަލާ ދިނުމަށް، ސޮވިއެޓް ޔޫނިއަންގެ ވައިގެ ލަޝްކަރުގައި ބޭނުންކުރި މަތިންދާބޯޓެކެވެ.
ދެ ބޯޓު ޖެހުމާއެކު އެ ދެ ބޯޓުގައި ރޯވެ، އޭގެ ތެރެއިން ބީ-17 މަރުކާގެ ބޯޓު ދެބުރިގެން ބިމަށް ވެއްޓުނެވެ. އަދި އަނެއް ބޯޓު ވައިގެ ތެރޭގައި ކުދިކުދިވެގެން ބިމަށް ފޭބި އެވެ. ދެ ބޯޓުގެ ބައިތައް ބިންމައްޗަށް ވެއްޓުމާއެކު އަލިފާނުގެ ބޮޑު ހުޅުގަނޑެއް ރޯވި އެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި އިއްޔެގެ މި ހާދިސާ އެ އިދާރާ އިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައި އޮތް މި ޝޯ ފެށުނީ މިދިޔަ ހުކުރު ދުވަހު އެވެ. ހޮނިހިރު ދުވަހު މި އެކްސިޑެންޓް ހިނގުމާއެކު، މިއަދުގެ ބައި ވަނީ ކެންސަލްކޮށްފަ އެވެ.
ހިނގާލުމެއްގެ ތެރެއަށް ކާރެއް ވައްދާލައި ބަޔަކު މަރު
ޖައްވީ ދަތުރަށް ފަހު މަތިންދާބޯޓް ވެއްޓި މަރު
މަތިންދާބޯޓް ވެއްޓި "ޓާޒަން" މަރުވެއްޖެ
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ