އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ, އަނިޔާ ދިނުމަށް ގޮވާލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
14 ނޮވެމްބަރ 2022
އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ, އަނިޔާ ދިނުމަށް ގޮވާލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ފެކްޝަނެއް އުފެދިފައިވާއިރު ރޮޒައިނާ ހުންނެވީ ސަރުކާރުގެ ފަޅީގަ އެވެ. އޭނާ ފާހަގަކުރެވެނީ އެންމެ ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވާ، އެކަމަކު ނަޝީދު ކުރައްވާ ކަންކަމަށް ޖެހިލުމެއް ނެތި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އެމްޑީޕީގެ ފެކްޝަންގެ ކޯޅުން މި ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވެ، ރޮޒައިނާގެ ހަމަލަ ވަނީ ނަޝީދަށް އަމާޒު ކުރައްވަން ފައްޓަވައިފަ އެވެ.
ރޮޒައިނާ، ނަޝީދަށް ފާޅުގައި ފާޑުވިދާޅުވާތީ އެ މަނިކުފާނުގެ ފެކްޝަންގެ މަޖިލިސް މެމްބަރުން ދޭތެރެދޭތެރެއިން ފުރައްސާރަ ކުރެ އެވެ.
ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައި ވާއިރު، އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލު ތަފާތުވުންތަކުގައި އިހުތިރާމާއެކު މުއާމަލާތު ކުރަން ޖެހޭ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާ ވަރށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން ކަމަށާއި އެމްޑީޕީއަކީ އެއްވެސް މީހަކަށް އަނިޔާވެރި ވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ގާނޫނުއަސާސީ އިން ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިންކަން މި ޕާޓީން އަބަދުވެސް ގަބޫލު ކުރާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބުނިގޮތުގައި އަންހެނުން ސިޔާސީ ހަރަކާތަށް ނެރެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ ކުށްވެރިކުރާ ކަމެއް ކަމަށައި އެއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"މި ޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާ އަށް އަނިޔާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިޕާޓީ އިން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި
ނަޝީދުގެ ހުތުރު ރައްދެއް ފައްޔާޒާއި ރޮޒެއިނާ އަށް!
ގޮނޑިތައް ދިނީ ރައީސަށް ޖެއްސުންކުރާކަށް ނޫން:ރޮޒައިނާ
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ގައުމީ މަޖިލިސް ރޫހް ހުރީ ބަރުލަމާނީ ނުގެންނަން:ރައީސް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ