10 މާޗް 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އުޅުއްވީ ވަރަށް ހުތުރުކޮށް ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "ވަރަށް ހަޑިކޮށް" މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އުޅުއްވީ ވަރަށް ހުތުރުކޮށް ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "ވަރަށް ހަޑިކޮށް" މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒާއި ރޮޒައިނާ އަށް ނަޝީދުގެ ހުތުރު ރައްދެއް ފޮނުވައިލެއްވިއިރު ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓަކީ ފައްޔާޒެވެ. ރޮޒައިނާ ވާދަކުރައްވަނީ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށަށް ކަމަށް ވާއިރު އެ ދެ ބޭފުޅުން ކެމްޕެއިން ކުރިއަށް ގެންދަވަނީ ވަރަށް ބޮޑަށް ގުޅިވަޑައިގެން އެއް ކެމްޕެއިނެއްގެ ގޮތުގަ އެވެ.
ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ދެ ފަޅިން ވެސް ވަރަަށް ހުތުރުކޮށް އަދި އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރަކަށް ވެއްޓުނު ޖަލްސާ އަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ ފައްޔާޒާއި ރޮޒައިނާއަކީ ދެ ކެންޑިޑޭޓުން ކަމަށާއި "އެހާ ބޮޑަށް އަތް އުކައި ކަރުބުޑުން އަޑު ނެރުމުން ޕާޓީއަށް ވަރަށް ހުތުރު" ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމަން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ-- ފޮޓޯ: އެމްޑީޕީ
"...އެހާ ބޮޑަށް އަތް އުކައި ކަނޑިކި ނަގައި ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރި ހަޅޭލެވުން އެއީ މި ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ހުތުރެއް،" ޗެއާޕާސަންގެ އިންތިހާބުގައި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ފަޅީގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ހުރިހާ ކެންޑިޑޭޓުން ރީތިކޮށް އުޅުއްވުމަށާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އަހުލާގީ މިންގަނޑު ދޫކޮށް ނުލެއްވުމަށް އެދިވަޑައިގެންފަ އެވެ.
ފައްޔާޒާއި ރޮޒައިނާއާ މެދު ގައުމީ މަޖިލީހުގެ ޖަލްސާ އަށް ފަހު ނަޝީދު ފާޑުވިދާޅުވިއިރު، އެ ދެ ބޭފުޅުންނާ މެދު ހިތްހަމަޖެހިވަޑައިނުގެން ދޭތެރެދޭތެރެއިން އެ މަނިކުފާނު އެކި ޕްލެޓްފޯމުތަކުގައި އަބަދުވެސް ވާހަކަފުޅު ދައްކަވަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް އެއް އިރެއްގައި ނަޝީދު މަސައްކަތްޕުޅު ކުރެއްވި އެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އޮތް ވަގުތު ހަމަވުމުން އެ އަށް ވުރެ އިތުރަށް އޭނާ ވާހަކަ ދައްކަވަން އުޅުމުންނެވެ. އެހެންވެ، ރައީސްގެ ފެކްޝަންގެ ބޭފުޅުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން، ރިޔާސަތުގެ މޭޒާ ހަމައަށް ވެސް ވަޑައިގެން އަޑުގަދަ ކުރެއްވި އެވެ. އަދި ދެ ފެކްޝަންގެ ބައެއް މެމްބަރުން ގަޔަށް އަތްލާ ހިސާބަށް ގޮސް، އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވައި ކޮރަޕްޝަންގެ އިނގިލި ދިއްކުރެއްވި އެވެ.
މިއީ އެމްޑީޕީގެ ތާރީހުގައި ވެސް އެ ޕާޓީގެ އިސް ގުނަވަނެއްގެ މެމްބަރުން މިހާ ދަށްފެންވަރަކަށް ވެއްޓި، ހުތުރުކޮށް ފެނުނު ފުރަތަަމަ ބައްދަލުވުން ކަމަށް އެތައް ބަޔަކު ފާހަގަކުރެ އެވެ.
ދެ ފެކްޝަންގެ ކޯޅުމާއި ފުރައްސާރަ އާއި ޖެއްސުން ކުރުމުގެ ތެރޭގައި ނެގި ވޯޓު 100 ވޯޓުން ކާމިޔާބު ކުރެއްވީ ފައްޔާޒުގެ ޓީމެވެ. ފައްޔާޒާ ދެކޮޅަށް ނުވަތަ އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ލިބުނީ އެންމެ 15 ވޯޓެވެ. ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރީ ޗެއާޕާސަންގެ އިންތިހާބު އަންނަ މަހުގެ ދޭއްގައި ފަށާ މި އަހަރުގެ ރޯދަމަހަށް ފަހު މޭ 14 ގައި ބާއްވާށެވެ.
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
ގޮނޑިތައް ދިނީ ރައީސަށް ޖެއްސުންކުރާކަށް ނޫން:ރޮޒައިނާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް