ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
17 ނޮވެމްބަރ 2022
ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފެނަކައިން ބުނި ގޮތުގައި މިއަދުން ފެށިގެން އެ ހިދުމަތް ހޯދުމަށް އެދި ހުށަހެޅޭނެ އެވެ. ހިދުމަތް ހޯދަން ހުށަހަޅަން ޖެހޭނީ އެ ކަމަށް އެދޭ ފޯމަކުންނެވެ. އެ ފޯމު ފެނަކައިގެ ވެބްސައިޓުން ލިބޭނެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އެ ކުންފުނިން ތައާރަފުކުރި އެ ހިދުމަތާ އެކު ދެން އެ ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި އާބާދީގެ ބޮޑު ބައެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އިރު ހއ، ހދ، އަދި އައްޑޫގައި ވެސް އެ ހިދުމަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޓެކްނިކަލް ސާވިސް އެންޑް ގްރީން އެނާޖީ ޑިޕާޓުމެންޓުގެ ޑިރެކްޓަރު އަހުމަދު ނަޝީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ފެނަކަ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތް ހޯދުމަށް އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައުމުން ވާދަވެރި މާހައުލެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފޯމު ހުށަހަޅާ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު އެ ހިދުމަތް ފެނަކައިން ދޭން އެވެ.
ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ފެނަކައިގެ ހިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަވާނެ ކަމަށާއި މީޓަރު ޓެސްޓުކުރުމުގައި މިހާރު އާންމުންނަށް ދިމާވާ ދަތިތައް ހައްލުވާނެ ކަމަށެވެ.
މިއަދާ ހަމައަށް ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދެމުން އައީ ސްޓެލްކޯއިން އެކަންޏެވެ.
އިސްދޫ، ކަލައިދޫ،ދަނބިދޫގެ މަރުކަޒީ އިންޖީނުގެ އަޅަނީ
ސައީދުގެ ލީޑަޝިޕްގައި އޮތީ ހުސް ކުރިއެރުން
ފުވައްމުލަކުގެ 80 ޕަސެންޓަށް ކަރަންޓާއި ފެން ދީފި
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން
ފެނަކަ އިން ސަބްމެރިން ކޭބަލް އަޅަނީ
ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި
އައްޑޫގެ ކަރަންޓު މަޝްރޫއަށް 570 މިލިއަން ރުފިޔާ
ފެނަކައިން އުއްމީދީ ބަދަލަކާ ދިމާއަށް!
ކަރަންޓު ބޭނުންކުރާވަރު ފެންނަ "ސްމާޓްމީޓާ" ހަރުކުރަނީ
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި