Roadha Mihaaru
ސައިފްގެ ދަރި އިބްރާހިމް ވެސް ބޮލީވުޑަށް

ސައިފްގެ ދަރި އިބްރާހިމް ވެސް ބޮލީވުޑަށް

18 ނޮވެމްބަރ 2022

ބޮލީވުޑް ތަރި ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރި އިބްރާހިމް އަލީ ހާން ބޮލީވުޑަށް ނުކުންނަށް ތައްޔާރު ވެއްޖެ އެވެ.

ބޮލީވުޑް ތަރި ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރި އިބްރާހިމް އަލީ ހާން ބޮލީވުޑަށް ނުކުންނަށް ތައްޔާރު ވެއްޖެ އެވެ.

އިބްރާހިމް ބޮލީވުޑަށް ނުކުންނަނީ ބޮލީވުޑް ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ދަރްމާ" ޕްރޮޑަކްޝަން އިން އުފައްދާ އަދި ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒާ އިރާނީ ޑައިރެކްޓްކުރާ ފިލްމަކުންނެވެ.

މި ފިލްމް އަންނަ އަހަރު ސިނާމަތަކަށް އަންނާނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

އިބްރާހީމަކީ ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމް "ރޮކީ އޯރް ރާނީ ކޭ ޕްރޭމް ކަހާނީ"ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މި ފިލްމުގައި އާލިއާ، ބަޓް، ރަންވީރް ސިންގް، ދަރްމެނަދަރް އަދި ޖާޔާ ބައްޗަން ފަދަ ހުނަރުވެރި އެކްޓަރުން ފެންނާނެ އެވެ.

މި ފިލްމް ސިނަމާތަކަށް ނެރެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ. ނަމަވެސް އާލިއާ ބަޓް ވިހެއުމާ ގުޅިގެން ފިލްމް ނެރުން އަންނަ އަހަރުގެ އޭޕްރިލް 28 އަށް ވަނީ ފަސް ކޮށްފަ އެވެ.

ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން ވަނީ ބޮލީވުޑް ފިލްމް "ކެދަރްނާތު" އިން 2008 ވަނަ ބޮލީވުޑަށް ތައާރަފް ވެފަ އެވެ. އޭގެ ފަހުން ފިލްމް "ލަވް އާޖް ކަލް 1 އަދި 2" އަދި " ސިމްބާ"ގެ އިތުރުން ފިލްމް "އަޓްރަންގީ ރޭ" އިން ސާރާ ވަނީ ފެނިފަ އެވެ.

ސާރާ އަލީ ހާނަކީ މިހާރު ބޮލީވުޑްގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ އެކްޓަރެކެވެ.

އަންނަ އަހަރު ޖޫން މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް "އަދިޕުރުޝް" އަކީ ސައިފްގެ ކުރިއަށް އޮތް މަސައްކަތެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ ފިލްމް "ވިކްރަމް ވެދާ" އިން ނެވެ. އެ ފިލްމަށް ވަނީ ބެލުންތެރިންގެ މަގުބޫލުކަން ލިބިފަ އެވެ.