Roadha Mihaaru
ޔާމީންގެ ހެކި ދޮގުކުރަން ހުށަހެޅި އާ ހެކި ބަލައިގެންފި

ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ޕީޖީން ހުށަހެޅި އާ ހެކި ބަލައިގެންފި

17 ނޮވެމްބަރ 2022

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާގައި އެ މަނިކުފާނުގެ ފަރާތުން ދިފާއުގައި ހެކިބަސް ދިން ދިފާއީ ހެކިން ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަން ސާބިތުކުރަން ދައުލަތުން އާ ހެކިތަކެއް ކުރިން އޮތީ ހުށަހަޅައިފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ މެދު ގޮތެއް ނިންމަވަމުން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުން ހުށަހެޅި އާ ހެކިތަކަކީ ޖިނާއީ އިޖްރައާތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ނިންމެވީ ކަމަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެކިތަކެއް ލިބިއްޖެ ނަމަ، ކޯޓަށާއި އަނެއް ފަރާތަށް އަންގަވާނެ ކަމަށެވެ.

އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދަނީ އެއްކޮށެވެ.

އާ ހެކިތައް ބަލައިގަތުމަށް އިސްގާޒީ ނިންމެވުމުން، އެ ނިންމުން ރިވިއުކުރަން ޔޫސުފް ނައީމްގެ ވަކީލުން އެދިވަޑައިގަތެވެ. އަދި އެކަމާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު އަލުން ގޮތެއް ނިންމަން އެ ވަކީލުން އެދިވަޑައިގަތެވެ.

Yameen ge dhifaaun dhogu heki dhinkan saabithu kuran liyunthakeh hushahalhaifi

Yameen ge dhifaaun dhogu heki dhinkan saabithu kuran liyunthakeh hushahalhaifi

The most trusted news source in the Maldives

Mihaaru

ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ދައުލަތުން ހުށަހެޅި ހެކިތައް

އެކަމަކު އިސްގާޒީ ޝަކީލް އެކަމަށް ދެކޮޅު ހެއްދެވި އެވެ. އަދި އާ ހެއްކާ މެދު އަމަލުކުރާނެ ގޮތް ކުރީގެ އަޑުއެހުމުގައި ވެސް އިއުލާން ކޮށްފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ ދިފާއުގައި ކޯޓުގައި ކުރިން ހެކިބަސް ދެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރުގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ސައީދާއި ޒުހޫރު ހެކިބަސް ދެއްވީ އެ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަން ސާބިތުކުރުމަށެވެ.

ނަރީޝް ހެކިބަސް ދިނީ ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމާއި އަދި އޭގެ އަގަށްވާ ދިވެހި ރުފިޔާ ޔާމީން ހަވާލު ކުރުމުން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ.