Roadha Mihaaru
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"

ފުއްގިރި މައްސަލަ: "އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނުހިފަން"

03 މެއި 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އިތުރު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިފްތިތާހީ ބަޔާން ހުށަހަޅަމުން ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަތް 1.1 މިލިއަން ޑޮލަރަކީ ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ޑޮލަރު ގަތުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ. ޑޮލަރަށްވާ ދިވެހި ރުފިޔާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށާއި އެއީ ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލެއް ނޫންކަން ޔާމީންގެ ވަކީލުންގެ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވި އެވެ.

އެކަމަށް އެއް ދުވަހުގެ ފުރުސަތެއް އިތުރަށް ދޭން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، ގާޒީ ނިންމެވީ އިތުރު މުއްދަތެއް ނުދެވޭނެ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މިއަދު ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، މިހާރު ވަނީ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފަ އެވެ. އެ ދުވަހު ހާޒިރުކުރާ ހެކިންގެ ތެރޭގައި މެމްބަރު ސިޔާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފަ އެވެ.