Roadha Mihaaru
ރީތީގެ މުބާރާތަށް ނަލަވި ގޮތް ޒީނަތަށް ވަރަށް ހާއްސަ

ރީތީގެ މުބާރާތަށް އަމިއްލައަށް ނަލަހެދުމަކީ ޒީނަތުގެ ހާއްސަ ހަނދާނެއް

20 ނޮވެމްބަރ 2022

ބޮލީވުޑްގެ ފިލްމުތަކުގައި 1970ގެ ތެރޭ ރަނިކަންކުރި މަޝްހޫރު ބަތަލާ ޒީނަތު އަމަން އަށް ފުރަތަމަ މިސް އޭޝިއާ ޕެސިފިކްގެ ތާޖު ލިބުނީ އުމުރުން އެންމެ 19 އަހަރުގަ އެވެ. މަޝުހޫރު އެހެން ތަރިންނާ ހިލާފަށް ޒީނަތު ފިލްމީ ކެރިއަރު ފެށީ އެއްވެސް ތަޖުރިބާއެއް ނެތި އެވެ. ސަބަބަކީ އޭނާ އަކީ ރީތީގެ ރާނީއަކަށް ވުމެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި 1970ގެ ތެރޭ ރަނިކަންކުރި މަޝްހޫރު ބަތަލާ ޒީނަތު އަމަން އަށް ފުރަތަމަ މިސް އޭޝިއާ ޕެސިފިކްގެ ތާޖު ލިބުނީ އުމުރުން އެންމެ 19 އަހަރުގަ އެވެ. މަޝުހޫރު އެހެން ތަރިންނާ ހިލާފަށް ޒީނަތު ފިލްމީ ކެރިއަރު ފެށީ އެއްވެސް ތަޖުރިބާއެއް ނެތި އެވެ. ސަބަބަކީ އޭނާ އަކީ ރީތީގެ ރާނީއަކަށް ވުމެވެ.

ޒީނަތަކީ 1970 ވަނަ އަަހަރު ފިލިޕީންސްގައި ބޭއްވި މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލް އެވޯޑް ހާސިލް ކުރި ފުރަތަމަ އިންޑިއާ މީހާ އެވެ. މީގެ އިތުރުން އެ އަހަރުގެ މިސް ފޮޓޯޖެނިކްގެ ތާޖު ވެސް އޭނާ އަށް ލިބުނެވެ.

މިހާރުގެ ރީތިގެ ރާނީން ހޮވާއިރު މޭކަޕް ކޮށްދޭ ޓީމުތައް ވަށައިގެން ތިއްބަސް ޒީނަތު ބުނީ އޭރު އެގޮތަށް އެކަން ނޯންނަ ކަމަށެވެ.

އޭރު މޭކަޕް ކުރަނީ ވެސް ފުނާ އަޅައި ސްޓައިލް ކުރަނީ ވެސް ބައިވެރިން އަމިއްލައަށެވެ. ލާނެ ހެދުމެއް ވެސް ކަނޑައަޅަން ޖެހެނީ އަމިއްލައަށެވެ.

މޮޑެލް ކުރަމުން މިސްފެމިނާ މިސް އިންޑިއާ ހާސިލް ކޮށް 1970 ގައި މިސް އޭޝިއާ ޕެސިފިކްގެ ލަގަބު ލިބުމާ އެކު ޒީނަތު މިސްރާބު ޖެހީ ބޮލީވުޑުން ޖާގައެއް ހޯދާށެވެ.

ރީތިގެ ރާނީއަކަށް ވީތީ ޒީނަތަށް އެތައް ފިލްމަކުން ފުރުސަތު ލިބުނެވެ. ނަމަވެސް ފުރަތަމަ ކުޅުނު ފިލްމަކީ އޭރުގެ މަޝްހޫރު އެކްޓަރު ދޭވް އާނަންދާ އެކު ކުޅުނު އިންޑޯ-ފިލިޕިނޯ ފިލްމެއް ކަމަށް ވާ ދަ އިވިލް ވިތިން އެވެ.

އެއަށްފަހު 1971 ވަނައަހަރު އޭރުގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ކިޝޯރުކުމާރު އަދި ވިނޯދް ކަންނާއާ ކޮމެޑީ ފިލްމް ހަންގާމާ ކުޅުނެވެ. ހަމަ އެ އަހަރު ދޭވް އާނަންދާ އެކު ކުޅުނު ހިޓް ފިލްމް "ހަރެ ރާމާ ހަރެ ކްރިޝްނާ" އިން ފިލްމްފެއާ ބެސް ސަޕޯޓިން އެކްޓްރެސްގެ އެވޯޑާ ބީއެފް ޖާ އޭ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ޒީނަތަށް ލިބުނެވެ.

މިހާރު ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ޒީނަތު ދެ ކައިވެންޏެއްކޮށް ދެ ކުދިން ލިބިފައިވެ އެވެ.