Roadha Mihaaru
މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމުގެ ޕްރޮގުރާމެއް

"ދަ ސާކަލް" އިން މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމުގެ ޕްރޮގްރާމެއް

21 ނޮވެމްބަރ 2022

ކުޑަކުދިންގެ ލީޑަޝިޕްގެ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް" އިން ހިންގާ "ފިއުޗާ ލީޑާސް" ޕްރޮގުރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޑަކުދިންގެ ލީޑަޝިޕްގެ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް" އިން ހިންގާ "ފިއުޗާ ލީޑާސް" ޕްރޮގުރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕްރޮގުރާމަކީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް އަހަރު ދުވަހުގެ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ.

މިއީ ޕްރޮފެސަ ހަސަން އުގެއިލްގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ އުގެއިލްގެ އިތުރުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.

މި ޕްރޮގުރާމުގައި ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތާއި، އެ ދާއިރާތަކަށް އަންނަމުންދާ ބަދަލުތަކާއި، އެ ދާއިރާތަކުން ކުރިއަށް ދިއުމަށް ކިޔަވަންޖެހޭ އެކި މާއްދާތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރާނެ އެވެ. އަދި ވާހަކަދެއްކުމާއި މުއާމަލާތް ކުރާނެ ގޮތުގެ ހުނަރާއި، ނެޓުވޯކު ކުރާނެ ގޮތްތަކާއި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންކުރަންވީ އުކުޅުތައް ވެސް ކިޔައިދޭނެ އެވެ. އެ ޕްރޮގުރާމަކީ ޓާސްކް އަދި ޕްރޮޖެކްޓް ބޭސްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

ދަ ސާކަލައިން ބުނި ގޮތުގައި މިއީ ލިމިޓެޑް ސީޓުތަކެއް ހިމެނޭ ޕްރޮގުރާމެކެވެ. ޕްރޮގުރާމަށް ހޮވުމަށް އެ އެކަޑެމީން ނިންމާފައިވާ ވަނީ 40 ކުދިންނެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ކުރީގެ ދަރިވަރުން ބުނި ގޮތުގައި އެ ކުދިންގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އިސް ދައުރެއް އެ ޕްރޮގުރާމުން ވަނީ އަދާކޮށްފަ އެވެ. އަދި ލީޑަރެއްގެ ހުންނަންޖެހޭ ކޮލިޓީތަކާއި، ލީޑަރަކަށްވުމަށް ބޭނުންވާ ސިފަތަށް ވަރަށް ފުރިހަމައަށް ދަސްވެ، ލީޑަރަކަށް ވުމަށް ދާންވީ މަގު ދެނެގަނެވިއްޖެ ކަމަށް ވެސް ބުންޏެވެ.

ދަ ސާކަލްގެ ޕްރޮގުރާމުގައި ރަޖިސްޓާވެވޭނީ https://theCircle.ac/LOT23 ލިންކުގައިވާ ފޯމު ފުރައިގެންނެވެ. އަދި ބައިވެރިވުމަށް އިންޓަވިއުއެއްގައި ބައިވެރިވާން ޖެހޭނެ އެވެ.