Roadha Mihaaru
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"

އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ސީރިއަސްކޮށް ބަލަން ނަޝީދު އެދިވަޑައިގެންފި

22 ނޮވެމްބަރ 2022

ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވައިދު ގެޒެޓު ނުކުރާ މައްސަލާގައި ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްގެ މައްސަލަ ސީރިއަސްކޮށް ނަގައި ފިޔަވަޅުތަކެއް އަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވައިދު ގެޒެޓު ނުކުރާ މައްސަލާގައި ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްގެ މައްސަލަ ސީރިއަސްކޮށް ނަގައި ފިޔަވަޅުތަކެއް އަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުން 2008 ވަނަ އަހަރު ފާސްކުރި އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައި ބުނާ ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމާ ބެހޭ ގަވައިދު މަޖިލިހުގެ ގަވައިދު ކޮމިޓީން އިސްލާހު ކުރުމަށް ފަހު ވަނީ ހައުސިން މިނިސްޓްރީ އަށް ފޮނުވައިފަ އެވެ.

އެކަމަކު، މިހާތަނަށް ވެސް އެ ގަވައިދު ގެޒެޓު ނުކުރާ މައްސަލަ ދިރާސާ ކުރުމަށް ފަހު، މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ގާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރަން ބުނެފައި ވަނިކޮށް، އެ ނޫން ގޮތަކަށް އަމަލު ކުރެއްވުމުން "އެ ވަނީ ގާނޫނާ ހިލާފުވެފައި" ކަމަށެވެ.

އެހެންވެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ވެސް މެންބަރުންނަށް ނިންމެވިދާނެ ކަމަށާއި ނަމަވެސް ވަޒީރާ ގުޅޭ ގޮތުން ނިންމަން ޖެހޭ ނިންމުމެއް ވެސް މެމްބަރުންނަށް ނިންމެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވަޒީރަކީ އެމްޑީޕީގެ ވަޒީރެއް، އެ ބޭފުޅުންނަށް މެންބަރުންނާ ވާހަކަ ދައްކައިގެން އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ފަހިކޮށް ހުޅުވިފައި އޮއްވައި، ވަރިހަމަ ކުރައްވައި އަޅާ ނުލައި ބާއްވާފައި ތިމަންނާ އަށް ފެނުނު ގޮތް އެއީ ގޮތް ކަމަށް ނިންމަވައި އެ ގޮތަށް އަމަލު ކުރެއްވުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އަސްލަމް ގާނޫނުއަސާސީ އާ ހިލާފުވެފައިވާ ވަރާއި ކަން ކުރައްވާފައިވާ ގޮތް ރަނގަޅަށް މެންބަރުން ބައްލަވާނެ ކަމުގެ އުންމީދު އެބައޮތެވެ. އެ ނޫން ނަމަ އެފަދަ މައްސަލަތައް ބަލަން ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލާގައި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ ކޮމިޓީ ރިޕޯޓު ފާސްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ގަވައިދު ގެޒެޓުގައި ޝާއިރު ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެންގުމަށެވެ.