23 ނޮވެމްބަރ 2022
ދޯހާ (ނޮވެމްބަރު 23) - ވޯލްޑް ކަޕްގައި މިރޭ ޖަރުމަން ބަލި ކުރަން އޭޝިއާގެ ސަޕޯޓަރުންގެ ތާއީދު ޖަޕާނަށް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ ބުނެފި އެވެ.
ދޯހާ (ނޮވެމްބަރު 23) - ވޯލްޑް ކަޕްގައި މިރޭ ޖަރުމަން ބަލި ކުރަން އޭޝިއާގެ ސަޕޯޓަރުންގެ ތާއީދު ޖަޕާނަށް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ ބުނެފި އެވެ.
ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ޖަޕާންގެ އެސިސްޓެންޓް ކޯޗަކަށް ހުރި މޮރިޔާސޫ ބުނީ، މިރޭ އޭނާގެ އުންމީދަކީ ޖަރުމަން ބަލި ކުރުން ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އުނދަގޫ ކަމަކަށް ވާނެކަން. އެކަމަކު މުބާރާތުގެ ކޮންމެ މެޗެއް ޖަޕާނުން ކުޅެނީ ފައިނަލެއް ކަމުގައި ދެކިގެން. އެހެންވީމާ ކޮންމެ މެޗަކަށް ނުކުންނާނީ މެޗުން މޮޅުވާން،" އޭނާ ބުންޏެވެ.
ޖަޕާނާއި ޖަރުމަން އަދި ސްޕެއިން އާއި ކޮސްޓަރިކާ ހިމެނޭ ގުރޫޕަކީ މުބާރާތުގެ ވަރުގަދަ ގުރޫޕެކެވެ. މޮރިޔާސޫ ބުނީ ގުރޫޕް ވަރުގަދަ ވިޔަސް ކުރިއަށް ދެމިގަތުމުގެ ފެންވަރު އޭނާގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށެވެ.
ޖަޕާނުގެ ސްކޮޑްގައި ހިމެނޭ ހަތް ކުޅުންތެރިންނަކީ ޖަރުމަން ލީގުގައި ކުޅެމުންދާ ކުޅުންތެރިންނެވެ.
"ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރުގެ ކުޅުންތެރިން. އަދި އަހަރެން އެދެން ގަތަރުގައި ތިބި އޭޝިއާގެ ސަޕޯޓަރުންނަށް. އަހަރެމެންނަށް ސަޕޯޓް ކޮށްދޭން،" އޭނާ ބުންޏެވެ.
މޮރިޔާސޫ ބުނީ އޭނާގެ އޮތް އުއްމީދަކީ އޭޝިއާގެ ޓީމުތަކަށް ވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ތާރީހު ބަދަލު ކުރެވޭނެކަން ސާބިތުކޮށް ދިނުން ކަމަށެވެ.
ޖަރުމަނު އަތްދަށުލައި ޖަޕާނުން ގަދަ ވެއްޖެ
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ޖަރުމަނު ދެވަނަ ބުރަށް، ތަރިއަކީ ގުންޑޮގާން
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް
ޖަރުމަނު ފްލޮޕްވިޔަނުދީ ސަލާމަތްކުރުމުގެ ޕްރެޝަރު ކޯޗަށް
ޖަރުމަނުން ފްލިކް ވަކިކޮށްފި، ނާގެލްސްމަން އަތުވެދާނެ
ހިތްވަރުގަދަ ޖަޕާނުން ސްޕެއިން ބަލިކޮށް އެއްވަނަ އަށް
ފްރާންސް އާއި ޖަރުމަން ބޮޑު ކުރިމަތިލުމަކަށް
ޔޫރޯ އަށް ފަހު ޖަރުމަންގެ ކޯޗުކަމާ ހަވާލުވާނީ ފްލިކް