ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ހޭންޑް، ފުޓް އެންޑް މައުތު ބަލި އެންމެ ގިނައީ އަތޮޅުތަކުގައި ކަމަށް (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
23 ނޮވެމްބަރ 2022
ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ހޭންޑް، ފުޓް އެންޑް މައުތު ބަލި އެންމެ ގިނައީ އަތޮޅުތަކުގައި ކަމަށް (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ހޭންޑް، ފުޓް އެންޑް މައުތު އަކީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެކެވެ. ވައިރަސްއަކުން ޖެހޭ، ގައިންގަޔަށް އަރާ އެ ބަލި ބައެއް ފަހަރު ބޮޑެތި މީހުންނަށް ވެސް ޖެހެ އެވެ. ބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
އެ ބަލި ފެތުރެމުންދާތީ، އަލާމަތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ، ހޭންޑް، ފުޓް އެންޑް މައުތުގެ ކޭސްތައް މިދިޔަ ތިން އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރިޕޯޓު ކޮށްފައިވާ އަދަދު އިތުރު ކަމަށެވެ.
މިހާތަނަށް ޖުމުލަ 764 ކޭސް އެޗްޕީއޭ އަށް ރިޕޯޓު ކޮށްފައި ވެ އެވެ. އޭގެ ތެރެއިން 630 ކޭހެއްގެ ރިޕޯޓް ލިބުނީ އަތޮޅުތަކުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިދިޔަ ދެ ހަފުތާގައި އަތޮޅުތަކުން ހޭންޑް، ފުޓް އެންޑް މައުތުގެ ކޭސްތައް ރިޕޯޓު ކުރަމުންދާ މިންވަރު އިތުރު ވެފައިވާކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މާލެ ސަރައްދުގެ އިތުރުން މި އަހަރު މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްްފައި ވަނީ :
- ހދ. އަތޮޅު
- އދ. އަތޮޅު
- އައްޑޫ
މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި އާންމު ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ޑެންގީ އާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ފަދަ ބަލިތައް ހިމެނެ އެވެ.
ބޭރަށް ހިންގާ ރޯގާގެ ކޭސްތައް 7،000 މަތީގައި
ލޮލުރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު އެބަ ފެތުރޭ
"ހޭންޑް، ފުޓް އެންޑް މައުތު" ވަރަށް ބާރަށް ފެތުރެނީ
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"