އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ކޭސްތައް މި މަހު އިތުރުވެއްޖެ އެވެ.
25 ނޮވެމްބަރ 2025
އިންފްލުއެންޒާ އާއި ޑެންގޫ ބަލީގެ ކޭސްތައް މި މަހު އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ މަހާ އަޅާ ބަލާއިރު، މި މަހުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، އިންފުލުއެންޒާ ފަދަ ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފު ކުރުމަށާއި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މިދިޔަ މަހު އިންފްލުއެންޒާގެ 59 ކޭސް އަދި ޑެންގޫގެ 342 ކޭސް ރިޕޯޓް ކޮށްފައިވާއިރު، އަރިދަފުސް ރޯގާގެ 25،000 އަށް ވުރެ ގިނަ ކޭސް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފުލުއެންޒާ ވަރަށް ބާރަށް ފެތުރެމުންދާ ކަމަށާއި ބައެއް ކުދިންގެ ގައިގައި ރިއްސައި ނުހިނގޭ ވަރު ވެސް ވަމުންދާ ކަމަށެވެ.
އެހެންވެ، ވެކްސިން ޖެހުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މަދިރީގެ ޒަރީއާއިން ޖެހޭ ޑެންގޫ ބަލީގެ ކޭސްތައް ވެސް ކ. އަތޮޅުގެ ރަށްރަށުގައި މިވަގުތު ވަރަށް ގިނަ ކަމަށެވެ. އެގޮތުން ކ. ހިންމަފުށްޓާއި ކ. މާފުށީގައި އެ ބަލި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ޑެންގީ ޖެހޭ މީހުންގެއަދަދު ކަންބޮޑުވާ ވަރަށް އިތުރު!
މިދިޔަ މަހު ވެސް އާންމު ބަލިތައް އިތުރުވި
ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެއްޖެ
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވެއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗުއްޓީތެރޭ ކޮވިޑް ކޭސްތައް ގިނަވެދާނެ: ނަޒްލާ
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ލޮލުރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު އެބަ ފެތުރޭ