ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މައްސަލައެއްގެ ހުކުމް ނުކުރާތީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.
23 ނޮވެމްބަރ 2022
ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މައްސަލައެއްގެ ހުކުމް ނުކުރާތީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މައްސަލައެއްގެ ޚުލާސާ ބަޔާން ހުށަހެޅުމަށްފަހު އަޑުއެހުންތައް ނިންމާލާފައި ވިޔަސް، ގާނޫނުގައި ބުނާގޮތުގެ މަތިން ހުކުމް އިއްވާފައި ނުވާތީ ގާޒީ ސޮފްވަތުގެ މައްސަލަ ބަލަން ނިންމައި، ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ. ބައެއް މައްސަލަތަކުގައި މި މުއްދަތުގައި ހުކުމެއް ނީއްވަ އެވެ. އެކަމަކު އެފަދަ ގިނަ މައްސަލަތަކުގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާފައެއް ނުވެ އެވެ.
ދާދިފަހުން ނިންމި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން ނިންމީ އަޑުއެހުންތައް ނިންމާލިތާ އެތައް މަހެއް ފަހުންނެވެ.
ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި
ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް
ގާޒީ ފާއިޒް ވަކިކުރަން މަޖިލިހަށް ހުށަހަޅަން ނިންމައިފި
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި
އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމްކޯޓުން ނުބެލި
ފަނޑިޔާރު ވަކިކުރަން ނިންމީ ހިޔާލީ ކަންކަމަށް ބިނާކޮށް
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
ވަރިވާން ދިޔަ މީހަކަށް ގުޅި ގާޒީގެ އެހެން މައްސަލައެއް