Roadha Mihaaru
ބޮޑެތި މީހުންގެ ހިތާމައިން ކުދިންނަށް ވޭން ނުދޭތި

ބޮޑެތި މީހުންގެ ހިތާމަ، ކުދިންނަށް ވޭނަކަށް ވެގެން ނުވާނެ

25 ނޮވެމްބަރ 2022

އަހަރެމެންގެ ހުރިހާ ކަމެއް ވެސް ބައްޓަންކުރަން ޖެހޭނީ ދަރިންނަށް ނަމޫނާއަކަށްވާ ގޮތަށެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އަހަރެމެންގެ ހުރިހާ ކަމެއް ވެސް ބައްޓަންކުރަން ޖެހޭނީ ދަރިންނަށް ނަމޫނާއަކަށްވާ ގޮތަށެވެ.

އާއިލާގެ މީހަކު ނުވަތަ ގާތް މީހަކު މަރުވެގެން ވެސް އެ ލިބޭ ހިތާމައިގައި، ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާނެ ގޮތަކަށް އަހަރެމެންގެ އިހުސާސްތައް ބަހައްޓަން ޖެހެ އެވެ. ސަބަބަކީ އަހަރެމެންނަށް އިހުސާސް ކުރެވޭ ގޮތާއި އެ ކުދިންނަށް އިހުސާސް ކުރެވޭ ގޮތް ތަފާތު ވާނެތީ އެވެ.

ހުރިހާ ޖަޒުބާތެއް ބޭރުކޮށްލުން

އެވަގުތެއްގައި ކުރަމުންދާ ހިތާމައިގައި އެންމެ ފަސޭހައިން އެކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ކުރެވޭ އިހުސާސްތައް ފޮތެއްގައި ނޯޓުކުރުން، އެއްޗެއް ކުރަހާލުން އަދި އެއްޗެއް އަޑުއަހާލުން ފަދަ ކަމެއް ކުރެވިދާނެ އެވެ. މީގެ އިތުރުން ރައްޓެއްސަކާ ނުވަތަ އިތުބާރުކުރެވޭ މީހަކާ ވާހަކަތައް ހިއްސާ ކުރުން، ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ވެސް ހޯދި ދާނެ އެވެ.

ތެރަޕިސްޓެއްގެ އެހީތެރިކަމަށް އެދޭ ނަމަ، މި ކަންކަން ހިއްސާ ކޮށްލާށެވެ.

- ހިތާމަ ކުރަމުންދަނީ ކޮންކަމަކާ ކަން އަދި އެކަމާ ދޭތެރޭ އަމިއްލަ ނަފުސު ދެކެނީ ކިހިނެއްކަން ވަރަށް ރަނގަޅަށް ކިޔައިދޭން ވާނެ.

- ކުރަމުންދާ ހިތާމަތައް އެއްވެސް ވަރަކަށް ހިތުން ފިލައިގެން ނުދަނީ ކީއްވެކަން ބުނެދޭން މަސައްކަތް ކުރަން ވާނެ.

- ހަޔާތުގައި މީގެ ކުރިން ވެސް މިކަހަލަ ކަމަކާ ދިމާވި ނަމަ، ނުވަތަ މިހާރު ކުރާ ހިތާމައިގައި ކުރީގެ އެއްވެސް ކަމަކާ ގުޅުމެއް އޮތްތޯ ބަލަން ވާނެ.

- މި ހުރިހާ ކަމެއްގައި ސަޕޯޓިވްވާނެ މީހެއްގެ ނަން ހިއްސާ ކުރަންވާނެ.

ދެރަވެފައި ހުންނައިރު، ކުދިންނާ ވާހަކަ ދައްކާއިރު އެ ކުދިންނަށް ވެސް ކަންކަން އިހުސާސް ކުރެވޭނެ އެވެ. އެ ގޮތުން އަބަދުވެސް ކުދިންނާ ވާހަކަ ދައްކަން ވާނީ ވަރަށް ހަމަޖެހިލައިގެން ހުންނަކަން ދައްކައިގެންނެވެ.

ކާފަ ނުވަތަ މާމަ މަރުވެގެން އެ ކުދިންނަށް ވުރެ ބޮޑަށް އޭގެ އަސަރުކުރާނީ އެ މައިންބަފައިންނަށެވެ. އަބަދުވެސް ކުދިންނާ ސުވާލު ކުރަން ވާނީ އެ ކުދިންނަށް ވެސް އެކަމުން އޭގެ މާބޮޑު އަސަރެއް ނުކުރާނެ ފަދަ ގޮތްގޮތަށް ވިސްނާފަ އެވެ.

މިސާލަކަށް، އެ ކުދިން މާ ބޮޑަށް ކަމަކާ ދެރަވެފައި ހުންނަ ނަމަ، އެ ވަގުތު އެކަމާ ބެހޭ އެއްވެސް ސުވާލެއް ނުކޮށް ފަހުން އެކަމާ ވާހަކަ ދައްކާލުން ރަނގަޅު ވާނެ އެވެ.