Roadha Mihaaru
ޑިފެންޑަރު ހަކީމީ ބަންޑުންކޮށްލީ މަންމައަށް އޮތް ލޯބި

އުފާފާޅުކުރަން މޮރޮކޯގެ ޑިފެންޑަރު ހަކީމީ ބަންޑުންކޮށްލީ މަންމަ އަށް އޮތް ލޯބި

27 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 27) - ގުރޫޕް އެފްގައި މިއަދު ބެލްޖިއަމްގެ މައްޗަށް މޮރޮކޯއިން ހޯދި މޮޅަށް ފަހު، އެ ޓީމުގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ މަންމަ އަށް އޮތް ލޯބި، އުފާފާޅު ކުރުމުގެ ތެރެއިން އޭނ ހާމަކޮށް ދީފި އެވެ.

ބެލްޖިއަމްގެ މައްޗަށް 2-0 ން ބަލި ކުރި މެޗަށް ފަހު މޮރޮކޯގެ ކުޅުންތެރިން ވަނީ އުފާފާޅު ކޮށްފަ އެވެ. އުފާފާޅު ކުރުމުގެ ގޮތުން ކުޅުންތެރިން އެންމެ ފުރަތަމަ ތިރިވީ ޝުކުރުގެ ސަޖިދަ އަށެވެ.

ސަޕޯޓަރުން ކައިރި އަށް ކުޅުންތެރިން ދިޔަ ވަގުތު، ހަކީމީ ދިޔައީ އޭނާގެ މަންމަ ކައިރި އަށެވެ. މަންމަ ބޮލަށް ބޮސް ދިނުމަށް ފަހު އޭނާ ވަނީ މަންމަ އަށް އިހުތިރާމް އަދާކޮށްފަ އެވެ. އޭނާގެ މަންމަ ވެސް ވަނީ އޭނާގެ މޫނަށް ބޮސްދީ ދަރިފުޅަށް އޮތް ލޯބި ހާމަކޮށްފަ އެވެ.

ހަކީމީ (ކ) އަށް އޭނާގެ މަންމަ ބޮސް ދެނީ --- ފޮޓޯ: އޭއެފްޕީ

ހަކީމީ (ކ) އަށް އޭނާގެ މަންމަ ބޮސް ދެނީ --- ފޮޓޯ: އޭއެފްޕީ

އުމުރުން 24 އަހަރުގެ ހަކީމީ އުފަންވީ. މޮރޮކޯގެ އަވަށްޓެރި ސްޕެއިންގެ މެޑްރިޑަށެވެ. އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ނަބީލް ހަކީމީ އަކީ ވެސް ފުޓްބޯޅަ ކުޅުންތެރިޔެކެވެ. ރެއާލް މެޑްރިޑްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް އަޝްރަފް ހަކީމީ ކުޅުނެވެ.

މިއަދުގެ މެޗުގައި ގައި ފުރަތަމަ 11 ގައި ހިމެނިގެން ޕީއެސްޖީގެ ޑިފެންޑަރު ހަކީމީ ކުޅެން ނުކުތެވެ. 28 އަހަރު ތެރޭ ވޯލްޑް ކަޕުގައި ހޯދި ފުރަތަމަ މޮޅަށް ފަހު މޮރޮކޯ އަށް ވަނީ ދެވަނަ ބުރަށް ދިއުމަށް ބޮޑު އުންމީދެއް ލިބިފަ އެވެ.