Roadha Mihaaru

ޝަހީބް، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި

އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫ އަށް މިއަދު ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ޝަހީބުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

28 ނޮވެމްބަރ 2022

އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫ އަށް މިއަދު ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ހ. ޖެހޭވައި، ޝަހީބް އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހު 10 ގަ އެވެ.

ޝަހީބްގެ މަގާމު ފަތްކޮޅު އިންޑިއާގެ ރައީސަށް އެރުވުމުން މަރުހަބާ ދަންނަވާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ މަގާމަށް އައްޔަންކުރުމާ އެކު ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ބަދަހިގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޝަހީބު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރިން ކުރައްވައިފަ އެވެ. ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ޝަހީބު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އެންމެފަހުން ފުރުއްވީ ހުސައިން ނިޔާޒެވެ.