ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ އެސްޕަޔާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސްކޫލެއްގެ 16 ކުދިން އިޔާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރެއްގައި އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ.
03 ސެޕްޓެމްބަރ 2024
ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ އެސްޕަޔާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސްކޫލެއްގެ 16 ކުދިން އިޔާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރެއްގައި އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ.
ނިއު ދިއްލީ އަށް ކުރާ އެ ދަތުރުގައި ބައިވެރިވަނީ ހދ. ކުޅުދުއްފުށްޓާއި ބ. އޭދަފުށްޓާއި ޅ. ހިންނަވަރާއި ގދ. ތިނަދު އާއި އައްޑޫ އަދި ފުވައްމުލަކުގައި މަތީ ސާނަވީއަށް ކިޔަވާ ކުދިންނެވެ. އެއީ އެސްޕަޔާ ޕްރޮޖެކްޓުގެ ތިންވަނަ ފިޔަވަހީގެ ދަށުން މަސައްކަތްކުރާ ރަށްތަކުން ހޮވި ކުދިންނެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަކަތައިގެ ދާއިރާ އަށް ކުދިން ޝައުގުވެރި ކުރުވައި، އެ ދާއިރާގެ ފުރުސަތުތަކާ ގުޅިގެން ކުދިން ހޭލުންތެރިކުރުމަކީ އެސްޕަޔާ ޕްރޮޖެކްޓުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ހާއްސަކޮށް އަންހެނުން އެ ދާއިރާގައި މަސައްކަތްކުރުމަށް ބާރުވެރިކުރުވުމަކީ ވެސް އަމާޒެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އެގޮތުން 16 ދަރިވަރުންގެ ތެރެއިން 10 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމުގައި ފާހަގަކޮށްލެވެ އެވެ،" މިނިސްޓްރީން ބުންޏެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މި ދަތުރު ރާވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިންޑިއާގެ ޓާޓާ ޕަވާ ޑީޑީއެލްއާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ދަތުރުގައި ހަކަތައިގެ ދާއިރާއާ ގުޅޭ އިންޓްރޮޑަކްޓަރީ ކްލާސްރޫމް ސެޝަންތަކާއި ޓާޓާ ޕަވާގެ އެކި ކަހަލަ ފަންނީ ފެސިލިޓީސްތަކަށް ކުދިން ގޮސް އެ ތަންތަނުގައި މަސައްކަތްކުރާ ގޮތް ދައްކާލުން އޮންނާނެ އެވެ. ހަކަތައިގެ ދާއިރާއާ ގުޅޭ 13 މާއްދާއެއް އެ ދަތުރުގައި ދަރިވަރުން ކިޔަވާނެ އެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ސްމާޓް ގްރިޑް ލެބް، ސްކާޑާ ކޮންޓްރޯލް ސެންޓަރު، ޓްރާންސްފޯމަރު ވޯކްޝޮޕް އަދި އިޔާދަކުރަނިވި ހަކަތައިގެ އެހެން ބައެއް ސައިޓުތަކާއި އިލެކްޓްރިކް ވެހިކަލް ޗާޖިން ސައިޓުތައް ކަހަލަ ތަންތަނަށް ދިއުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ނޮއިޑާގައި ހުންނަ ޝިވް ނާދަރް ޔުނިވާސިޓީ އޮފް އެމިނެންސްގެ ދައުވަތަކަށް ދެ ދުވަހަށް ދަރިވަރުން އެ ޔުނިވާސިޓީގެ ކެމްޕަސަށް ޒިޔާރަތްކޮށް، އެ ޔުނިވާސިޓީގެ ޕްރޮގްރާމްތަކާއި ފެސިލިޓީސްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނިއު ދިއްލީގެ ބައެއް ތަންތަން ބަލާލުމާއި އާގްރާގެ ތާޖު މަހަލްއަށް ދަރިވަރުން ދިޔުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ރާއްޖެ-އިންޑިއާގެ މަތީތައުލީމުގެ ނެޓްވޯކް ގުޅާލައިފި
ފެހެންދޫ ދަރިވަރުން "ސްކޫލުފެރީ" ބޭނުންކުރަން ފަށައިފި
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު
އިންޑިއާގެ ސްކޫލެއްގައި އެންމެ ދަރިވަރަކާއި ދެ ޓީޗަރުން
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
ދިއްލީ އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް ކަމެއް ނުވޭ
ބަރު ދަބަހުން މައިބަދަ އަށް ގެއްލުން
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ